logo

ހުރިހާ ރަށެއްގައި ބިލިއަން ރުފިޔާގެ މަޝްރޫއު ހިންގުމަކީ ރާއްޖެއަށް ގޮންޖެހުމެއް: މުއްތަލިބު

ފާތިމަތު މިޝްކާ

12 އޭޕްރީލު 2025 - 12:18
ހުރިހާ ރަށެއްގައި ބިލިއަން ރުފިޔާގެ މަޝްރޫއު ހިންގުމަކީ ރާއްޖެއަށް ގޮންޖެހުމެއް: މުއްތަލިބު

SHARE

ހުރިހާ ރަށެއްގައި ބިލިއަން ރުފިޔާގެ މަޝްރޫއުތައް ހިންގުމަކީ ރާއްޖެ ފަދަ ގައުމަކަށް އޮތް ވަރަށް ބޮޑު ގޮންޖެހުމެއް ކަމަށް ގެދޮރުވެރިކަމާއި އިމާރާތްކުރުމާއި ބިނާރާބެހޭ ވަޒީރު ޑރ. އަބްދުﷲ މުއްތަލިބު ވިދާޅުވެއްޖެއެވެ.

https://www.facebook.com/share/16DS9XEpfy/?mibextid=wwXIfr

ގދ. ފިޔޯރީ ބަނދަރު ހެދުމުގެ މަޝްރޫއުގެ އަމަލީ މަސައްކަތް ފައްޓަވައިދެއްވުމަށްފަހު އިއްޔެ ވާހަކަދައްކަވަމުން ވަޒީރު ވިދާޅުވީ އެ މިނިސްޓްރީގެ ދަށުން އެކަނި ވެސް 40 ބިލިއަން ރުފިޔާގެ މަޝްރޫއު ހިންގަން އެކި ކުންފުނިތަކާ ހަވާލުކުރެވިފައިވާ ކަމަށެވެ.

މުއްތަލިބު ވިދާޅުވީ ދައުލަތުގެ ރިކަރަންޓު ޚަރަދަށް އަހަރެއްގެ މައްޗަށް 40 މިލިއަނެއްހާ ރުފިޔާ ޚަރަދުވާތީ، ލިބޭ އާމްދަނީއަށްވުރެ ޚަރަދު ބޮޑު ކަމަށެވެ. އެހެންމެ އަބަދުވެސް ތަރައްގީގެ މަޝްރޫއުތަކަށް ލޯނު ނަގަންޖެހޭ ކަމަށް ވިދާޅުވިއެވެ.

އެ ކަންތައް ރައްޔިތުން ގަބޫލު ކުރުމަކީ އަޅުގަނޑު ވަރަށް ބޮޑަށް އެދޭ ކަމެއް. ހަގީގަތުގައި އަޅުގަނޑުމެން މަޝްރޫއެއް ހިންގަން ބޭނުންވާއިރު، ގޮސްފައި ބޭނުން ވަގުތަކު ލޯނު ނަގައިގެން އައިސް ކުރެވޭ ކަހަލަ ގޮތަކަށް ނޫން މި އޮންނަނީ. އަޅުގަނޑުމެންގެ އެތެރެއިން އެ ވަރަަކަށް ލޯނެއް ނުލިބޭ

ލޯނު ނަގައިގެން މަޝްރޫއުތައް ހިންގަން ބަލާއިރު، ދުނިޔޭގެ މަސްރަހަށް އަންނަ ބަދަލުތަކާ ހެދި ލޯނު ލިބުމުގައި ރާއްޖެއަށް ދަތިތަކެއް ހުރި ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

https://www.facebook.com/share/i6RNuxGJPMSa3aS3/?mibextid=LQQJ4d

އިއްޔެ ބޭއްވި ރަސްމިއްޔާތުގައި ފިޔޯރީ ބަނދަރު ތަރައްގީކުރުމުގެ މަޝްރޫއުގެ އަމަލީ މަސައްކަތް ފައްޓަވައި ދެއްވީ ވަޒީރު މުއްތަލިބާއި އެމްޓީސީސީގެ މެނޭޖިން ޑިރެކްޓަރު އަހްމަދު ސައުދީއެވެ.

undefined

ޖުމްލަ 740 މީހުން ދިރިއުޅޭ ފިޔޯރީއަކީ 80 ހެކްޓަރުގެ ހެޔޮވަރުގެ ތަނަވަސް ބިމެއް އޮތުމުގެ އިތުރުނ،ް ގުދުރަތީ ރީތި ސިފަތަކެއް ލިބިފައިވާ ހިތްގައިމު ރަށެކެވެ. އެގޮތުން އެ ރަށާ އިންވެގެން އެއްފަޅެއްގައި 10 ވަރަކަށް ފަޅުރަށް ރަށުގެ އުތުރު ފަރާތުގައި އޮންނައިރ،ު ރަށުގެ ދެކުނު ފަރާތުގައި ރީތި ކުޅިއެއް އޮވެއެވެ.

/

އެ ރަށުގައި ރަނގަޅު ފެންވަރަކަށް ދަނޑުވެރިކަން ކުރެއެވެ. ރަށަށް ލަފާފުރުމަށްޓަކައިބޭނުންކުރަނީ ޖެޓީއެކެވެ. ނަމަވެސ،ް މި ޖެޓީއަކީ އަތޮޅުގެ އެތެރެވަރިއާއި ދިމާލަށް ހުޅުވިފައިވާ ބޮޑު ފަޅެއްގެތެރޭގައި އޮންނަ އަމާންތަނަކަށްވުމާއެކު، ލަފާފުރުމުގައި ގުދުރަތީގޮތުން އެރަށަށް ވަނީ ފަސޭހަތަކެއް ލިބިފައެވެ.

އެމްޓީސީސީން ބުނީ އެ މަޝްރޫއުގެ މަސައްކަތް ނިމޭއިރު، ފިޔޯރީގެ ނެރާއި ފަޅު ފުންކުރުމުގެ އިތުރުން އެއްގަމު ތޮށި އޮންނަ ސަރަހައްދު ބޮޑުކުރެވޭނެ ކަމަށެވެ. އަދި އެކަމުގެ ސަބަބުން އެ ރަށު ރައްޔިތުންނަށް ލަފާފުރުމުގައި ވަރަށްބޮޑު ލުއިފަސޭހަތަކެއް ލިބޭނެ ކަމަށް އެ ކުންފުނިން ބުންޏެވެ.

އެ މަޝްރޫއުގެ ދަށުން ކުރަން ހަމަޖެހިފައިވާ ކަންކަން

  1. 35,184 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ އާ ބަނދަރު ފުންކުރުން
  2. ބަނދަރަށް ވަންނަ 28,872 ކިއުބިކްމީޓަރުގެ ސަރަހައްދުގެ ނެރު ފުންކުރުން
  3. 11 މީޓަރު ދިގު 11 މީޓަރު ފުޅާ ރޭމްޕެއް ހެދުން
  4. 2901 އަކަ މީޓަރުގެ ސަރަހައްދެއްގެ ބެކްފިލް ކުރުން
  5. 82 މީޓަރުގެ ސަރަހައްދެއްގައި ޖިއޯބޭގް ރިވެޓްމެންޓް ޖެހުން
  6. 137 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމެންޓްޖެހުން
  7. 260 މީޓަރުގެ ސަރަހައްދެއްގައި އެއްގަމުތޮށި ލުން
  8. 17 މަގު ބައްތި ހަރުކުރުން
  9. 4 ނެރު ބައްތި ހަރުކުރުން
  10. 66 މޫރިންގ ރިންގްސް ހަރުކުރުން

މި މަޝްރޫއަކީ 38.91 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ. އެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އެމްޓީސީސީގެ ސީއީއޯ ސައުދީ ވިދާޅުވީ ރާއްޖޭގެ އެކި ސަރަހައްދުތަކުގައި އެއް ބިލިއަން ރުފިޔާގެ މަޝްރޫއު ހިންގަން އެ ކުންފުންޏާ ހަވާލުކުރެވިފައިވާ ކަމަށެވެ.

undefined

އޭނާ ވިދާޅުވީ އެ މަޝްރޫއުތައް ނުހިނގާ ކޮންމެ ދުވަހަކީ ޚަރަދު އިތުރުވާނެ ކަމެއް ކަމަށެވެ. އެހެންވެ މަޝްރޫއުތައް ކުރިއަށްގެންދިޔުމަށް ރައްޔިތުން އެއްބާރުލުން ދެއްވުމަށް އޭނާ އެދިވަޑައިގަތެވެ.

https://www.facebook.com/share/1FDC3AzLV4/?mibextid=wwXIfr
ކޮމެންޓް
https://www.facebook.com/KOTHTHUHUTMALE?mibextid=LQQJ4d/