logo

މޯލްޑިވިއަންއަށް އިތުރު އެއާބަސް މަތިންދާބޯޓެއް ހޯދަނީ

މިރާޝް މޫސާ

13 އޭޕްރީލު 2025 - 05:52
މޯލްޑިވިއަންއަށް އިތުރު އެއާބަސް މަތިންދާބޯޓެއް ހޯދަނީ

SHARE

ގައުމީ އެއާލައިން، މޯލްޑިވިއަންއަށް އިތުރު އެއާބަސް މަތިންދާބޯޓެއް ހޯދުމަށް އައިލެންޑް އޭވިއޭޝަނުން އިއުލާނުކޮށްފިއެވެ.

https://www.facebook.com/share/16DS9XEpfy/?mibextid=wwXIfr

އައިލެންޑް އޭވިއޭޝަނުން އިއްޔެ ކުރި އިއުލާނުގައި ވަނީ އެއާބަސް އޭ 330-200 މަރުކާގެ މަތިންދާބޯޓެއް ހޯދަނީ ފަސް އަހަރު ދުވަހުގެ މުއްދަތަށް ކަމަށެވެ.

މީގެ ކުރިން ވެސް އެއާބަސް ބޯޓެއް ހޯދަން އެ ކުންފުނިން އިއުލާން ކުރިއެވެ. މިދިޔަ ފެބްރުއަރީ މަހު ކުރި އެ އިއުލާން ބާތިލްކުރުމަށްފަހު އިއްޔެ އަލުން އިއުލާންކުރީއެވެ.

މަތިންދާބޯޓު ހޯދުމަށް ކުރި އިއުލާނާ ގުޅިގެން ޝައުގުވެރިވާ ފަރާތްތަކުން އެކަމަށް އެދި ހުށަހެޅުމުގެ ސުންގަޑިއަކީ މި މަހުގެ 26 ވަނަ ދުވަހެވެ.

އެ އިއުލާނުގައި ވަނީ މަތިންދާބޯޓްގައި ހުންނަންޖެހޭ ޝަރުތުތައް ވެސް ބަޔާންކޮށްފައެވެ. އެގޮތުން ބިޒްނަސް ކްލާހުގައި މަދުވެގެން 20 ސީޓު ހުންނަންޖެހޭ ކަމަށް އެ އިއުލާނުގައިވެއެވެ.

https://www.facebook.com/share/i6RNuxGJPMSa3aS3/?mibextid=LQQJ4d

ބައިނަލްއަގުވާމީ ދަތުރުތައް ފުޅާކުރުމުގެ ގޮތުން މިދިޔަ ޖެނުއަރީ މަހުގެ ތެރޭގައި އެ ކުންފުނިން ވަނީ ވައިޑްބޮޑީ މަތިންދާބޯޓެއް ރާއްޖެ ގެނެސްފައެވެ. އެއާބަސް އޭ-330 އެއާކްރާފްޓަކީ އެއްފަހަރާ 264 ފަސިންޖަރުންނަށް ދަތުރުކުރެވޭ މަތިންދާބޯޓެކެވެ. އޭގެ ތެރޭގައި ބިޒްނަސް ކްލާހުގައި 18 ގޮނޑި، ޕްރިމިއަމް އިކޮނޮމީ ކްލާހުގައި 36 ގޮނޑި އަދި އިކޮނޮމީ ކްލާހުގައި 210 ގޮނޑި ހިމެނެއެވެ.

އެ ބޯޓުން މިހާރު ވަނީ ޗައިނާގެ ޗަންގްޑޫ އާއި ބެއިޖިންގ އާއި ޝެންހާއީ އަށްވެސް ދަތުރުތައް ފަށާފައެވެ.

މި ވަގުތު މޯލްޑިވިއަންގެ ފްލީޓުގައި 13 ބޯޓު އެބައޮތެވެ. އޭގެ ތެރޭގައި އެއާބަސް އޭ320 މަރުކާގެ އެއް ބޯޓާއި އޭޓީއާރްގެ ހަތަރު ބޯޓު ހިމެނެއެވެ. ބާކީ ހުރީ ޑޭޝް މަރުކާގެ ބޯޓުތަކެކެވެ.

https://www.facebook.com/share/1FDC3AzLV4/?mibextid=wwXIfr
ކޮމެންޓް
https://www.facebook.com/KOTHTHUHUTMALE?mibextid=LQQJ4d/