logo

މުލީ އެއާޕޯޓަށް އަންނަ ހޮނިހިރު ދުވަހު ދަތުރުތައް ފަށަނީ، މާލެއިން 1،377 ރުފިޔާއަށް ދެވޭނެ

ސައިފުﷲ އަލީ

10 މޭ 2025 - 01:16
މުލީ އެއާޕޯޓަށް އަންނަ ހޮނިހިރު ދުވަހު ދަތުރުތައް ފަށަނީ، މާލެއިން 1،377 ރުފިޔާއަށް ދެވޭނެ

މުލީ އެއާޕޯޓަށް ޓެސްޓް ފްލައިޓް ޖައްސާފައި -- ފޮޓޯ: އާރްއޭސީއެލް

SHARE

މ. މުލީ އެއާޕޯޓަށް މޯލްޑިވިއަންގެ ދަތުރުތައް އަންނަ ހޮނިހިރު ދުވަހު ފަށަން ނިންމައިފިއެވެ.

https://www.facebook.com/share/16DS9XEpfy/?mibextid=wwXIfr

މުލީ އެއާޕޯޓްގެ މަސައްކަތް ނިމި މިދިޔަ މަހުގެ 25 ވަނަ ދުވަހު ވަނީ ޓެސްޓް ފްލައިޓް ޖައްސާފައެވެ.

އެ އެއާޕޯޓަށް ކުރާ ފުރަތަމަ ދަތުރު މި މަހު 17ވާ ހޮނިހިރު ދުވަހު އޮންނާނެ ކަމަށް މޯލްޑިވިއަނުން ބުންޏެވެ. މޯލްޑިވިއަނުން ވަނީ އެ ދަތުރުތަކުގެ ޓިކެޓް ވިއްކަން ފަށާފައެވެ.

މާލެއިން ސީދާ މުލީ އެއާޕޯޓަށް ކުރާ ދަތުރެއްގެ އަގަކީ 1،377 ރުފިޔާއެވެ. ދަތުރުގެ ދިގުމިނަކީ 35 މިނިޓެވެ.

މުލީ އެއާޕޯޓަށް ދަތުރު ކުރުމަށް ހަމަޖެހިފައި ވަނީ ކޮންމެ ހަފްތާއެއްގެ ވެސް ހޮނިހިރު ދުވަހު އެކަންޏެވެ.

https://www.facebook.com/share/i6RNuxGJPMSa3aS3/?mibextid=LQQJ4d

އެމްޓީސީސީން ތަރައްގީކުރި އެ އެއާޕޯޓްގައި 1200 މީޓަރުގެ ދިގު 30 މީޓަރު ފުޅާ ރަންވޭއެއް ވަނީ ގާއިމްކޮށްފައިވެއެވެ. މީގެ އިތުރުން ޓެކްސީވޭއަކާއި، އޭޕްރަންއެއް ވަނީ ގާއިމްކޮށްފައެވެ.

މިއީ ދައުލަތުގެ ބަޖެޓުން 221.7 މިލިއަން ރުފިޔާ ޚަރަދުކޮށްގެން ހިންގި މަޝްރޫއެކެވެ.

https://www.facebook.com/share/1FDC3AzLV4/?mibextid=wwXIfr
ކޮމެންޓް
https://www.facebook.com/KOTHTHUHUTMALE?mibextid=LQQJ4d/