logo

ރައީސް މުލީ އެއާޕޯޓު ހުޅުވައިދެއްވައިފި

މިރާޝް މޫސާ

20 މޭ 2025 - 10:07
ރައީސް މުލީ އެއާޕޯޓު ހުޅުވައިދެއްވައިފި

SHARE

މުލަކަތޮޅުގައި ގާއިމުކުރި ފުރަތަމަ އެއާޕޯޓު، މ. މުލީގައި މިއަދު ރައީސް ޑރ. މުހައްމަދު މުއިއްޒު ހުޅުވައިދެއްވައިފިއެވެ.

https://www.facebook.com/share/16DS9XEpfy/?mibextid=wwXIfr

މި އެއަރޕޯޓުގެ މަސައްކަތް ކޮށްފައިވަނީ އެމްޓީސީސީއިންނެވެ. 2021 ވަނަ އަހަރުގެ ފެބުރުވަރީ މަހުގައި މި މަސައްކަތް އެ ކުންފުންޏާ ޙަވާލުކޮށް، އޮގަސްޓު މަހުގައި މަސައްކަތް ފެށުނެވެ. މި މަޝްރޫޢަށް ސަރުކާރުން 200 މިލިއަނަށްވުރެ ގިނަ ރުފިޔާ ޚަރަދުކޮށްފައިވެއެވެ.

މުލީ އެއަރޕޯޓުގައި 1200 މީޓަރު ދިގު އަދި 30 މީޓަރު ފުޅާ ރަންވޭއެއް ޤާއިމުކޮށްފައިވެއެވެ. މީގެއިތުރުން، ފުރިހަމަ ޓެކްސީވޭއަކާއި ވައިގެ އުޅަނދުތައް ޕާކުކުރުމަށް އޭޕްރަނެއްވެސް ހަދާފައިވެއެވެ. އެއަރޕޯޓު ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ ގޮތުން، ފަހުގެ ޓެކްނޮލޮޖީއާއެކު ފަރުމާކޮށްފައިވާ ޕެސެންޖަރ ޓަރމިނަލަކާއި ކޮންޓްރޯލް ޓަވަރެއްވެސް ޤާއިމުކޮށްފައިވެއެވެ.

އެއަރޕޯޓު ތަރައްޤީކޮށްފައިވަނީ ކުރިން ހިއްކާފައިވާ 40 ހެކްޓަރުގެ ބިމުގެ ބައެއްގެ އިތުރުން އަލަށް ހިއްކި 14 ހެކްޓަރުގެ ބިމުގައެވެ. އެއަރޕޯޓުގެ އޮޕަރޭޝަންތައް ފެށުމުގެ ކުރިން ޓެސްޓު ފްލައިޓެއް މިދިޔަ އޭޕްރީލް މަހުގެ 25 ވަނަ ދުވަހު ވަނީ ޖައްސާފައެވެ.

ދިވެހިރާއްޖޭގެ ޤައުމީ އެއަރލައިން، މޯލްޑިވިއަން، އިން މިހާރު ވަނީ މުލި އެއަރޕޯޓަށް ދަތުރުތައް ފެށުމަށް ޓިކެޓް ވިއްކަން ހުޅުވާލާފައެވެ. ހަފްތާއަކު އެއްފަހަރު ހޮނިހިރު ދުވަހު މާލެއާއި މުލީއާ ދެމެދު ކުރާ މި ދަތުރަކީ 35 މިނެޓުގެ ކުރު ދަތުރެކެވެ. ދަތުރުވެރިންނަށް ޕްރީމިއަމް އިކޮނޮމީ ޚިދުމަތް ލިބިގެންދާނެއެވެ.

https://www.facebook.com/share/i6RNuxGJPMSa3aS3/?mibextid=LQQJ4d

https://www.facebook.com/share/1FDC3AzLV4/?mibextid=wwXIfr
ކޮމެންޓް
https://www.facebook.com/KOTHTHUHUTMALE?mibextid=LQQJ4d/