މުއްޔާއި ނާލާފުށި ކޯޒްވޭއަކުން ގުޅާލުމުގެ އަމަލީ މަސައްކަތް ފަށައިފި
ސައިފުﷲ އަލީ

SHARE
މ. މުއްޔާއި ނާލާފުށި ކޯޒްވޭއަކުން ގުޅާލުމުގެ އަމަލީ މަސައްކަތް މިއަދު ފަށައިފިއެވެ.

އެމްޓީސީސީއާ ހަވާލުކޮށްފައިވާ އެ މަޝްރޫއުގެ އަމަލީ މަސައްކަތް ފައްޓަވައިދެއްވީ ރައީސް ޑރ. މުހައްމަދު މުއިއްޒެވެ.
އެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފައި ވަނީ އޮގަސްޓް 30، 2023 ވަނަ ދުވަހުއެވެ. އެ މަސައްކަތުގެ ޖުމްލަ އަގަކީ 125.58 މިލިއަން ރުފިޔާއެވެ. އެ މަސައްކަތް ހަވާލުކުރީ 600 ދުވަސް ތެރޭ ނިންމާ ގޮތަށެވެ.
އެ މަޝްރޫއުގެ ދަށުން މުއްޔާއި ނާލާފުއްޓާ ދެމެދު 565 މީޓަރުގެ ކޯޒްވޭއެއް އަޅާނެއެވެ. އެ ކޯޒްވޭގެ ތިން ސެގްމެންޓެއްގައި 105 މީޓަރުގެ ބްރިޖެއް ހަދަން ވެސް ވަނީ ނިންމާފައެވެ.
ކޯޒްވޭގެ މަގުތައް ހަދައި ތާރު ވެސް އަޅާނެއެވެ. އެ މަޝްރޫއުގެ ދަށުން 112 މީޓަރުގެ ރިވެޓްމަންޓް ޖަހާނެއެވެ.
.png&w=3840&q=75)
އެ މަޝްރޫއު ނިންމަން ދީފައިވާ މުއްދަތަށްވުރެ މާ އަވަހަށް އެ މަސައްކަތް ނިންމާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވަނީ ވިދާޅުވެފައެވެ.