ޝެޑިއުލް ދަތުރުތައް ފަށައި، މުލީ އެއާޕޯޓަށް ފުރަތަމަ ފްލައިޓް ޖައްސައިފި

މަރްޔަމް މާޙީ

SHARE
ޝެޑިއުލް ދަތުރުތައް ފަށައި، މުލީ އެއާޕޯޓަށް ފުރަތަމަ ފްލައިޓް އިއްޔެ ޖައްސައިފިއެވެ.

މުލީ އެއާޕޯޓަށް ޝެޑިއުލް ދަތުރުތައް ފެށުމާއެކު ކޮންމެ ހޮނިހިރު ދުވަހަކު މޯލްޑިވިއަންގެ ދަތުރުތައް މުއްޔަށް އޮންނާނެ ކަމަށް ރީޖަނަލް އެއާޕޯޓު ކޮންޕެނީ އިން ވަނީ ބުނެފައެވެ. އެގޮތުން މާލެ އިން މުއްޔަށް ފުރާނީ ކޮންމެ ހޮނިހިރު ދުވަހެއްގެ 15:30ގައެވެ. އަދި މުއްޔުން މާލެއަށް ފުރާނީ 16:45ގައެވެ.
މ. މުލީ އެއާޕޯޓު ހުޅުވައިދެއްވީ މި މަހުގެ 20ވަނަ ދުވަހު ރައީސް ޑރ މުހައްމަދު މުއިއްޒެވެ. ރައީސް ވަނީ އެ އެއާޕޯޓަކީ, އެ ރަށާއި އަތޮޅުގެ ތަރައްގީއަށް މުހިއްމު ތަނެއްކަން ފާހަގަ ކުރައްވާފައެވެ. އެ އެއާޕޯޓަކީ މ އަތޮޅުގެ ފުރަތަމަ އެއާޕޯޓެވެ.
މުލީ އެއާޕޯޓް ޕްރޮޖެކްޓަށް 540 މިލިއަން ރުފިޔާ ހަރަދު ކޮށްފައިވާއިރު, މި އެއާޕޯޓަކީ އެ އަތޮޅުގެ ތަރައްގީގެ ފެށުން ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ. އަދި އެ އެއާޕޯޓުގެ ސަބަބުން މ އަތޮޅުގައި ފަތުރުވެރިކަން ފުޅާކުރުމަށް ވެސް ގިނަ ކުރިއެރުންތަކެއް އަންނާނެ ކަން ރައީސް ފާހަގަ ކުރެއްވިއެވެ.
.png&w=3840&q=75)