logo

އަހްމަދިއްޔާ އިންޓަނޭޝަނަލް ސްކޫލު އޮޑިޓު ކުރަން މިނިސްޓްރީން އެދިއްޖެ

މަރްޔަމް މާޙީ

މަރްޔަމް މާޙީ

16 އޭޕްރީލު 2025 - 08:07
އަހްމަދިއްޔާ އިންޓަނޭޝަނަލް ސްކޫލު އޮޑިޓު ކުރަން މިނިސްޓްރީން އެދިއްޖެ

ފޮޓޯ: ސަން

SHARE

އަހްމަދިއްޔާ އިންޓަނޭޝަނަލް ސްކޫލު އޮޑިޓު ކުރަން އެޑިއުކޭޝަން މިނިސްޓްރީން އޮޑިޓާ ޖެނެރަލް އޮފީހުގައި އެދިއްޖެއެވެ.

https://www.facebook.com/share/16DS9XEpfy/?mibextid=wwXIfr

އެނގިފައިވާ ގޮތުގައި އަހްމަދިއްޔާ ސްކޫލު އޮޑިޓު ކުރަން ހުށައަޅައިފައިވަނީ އެ ސްކޫލް އަވަށު މަދަރުސާއެއްގެ ގޮތުގައި ހިންގަމުން އައިސް އިންޓަނޭޝަނަލް ސްކޫލަކަށް ބަދަލު ކޮށްފައިވަތީ, އެ ސްކޫލުގެ ހިންގުމާމެދު ގިނަ ބަޔަކު ކަންބޮޑުވުން ފާޅުކުރަމުން އަންނާތީއެވެ.

އެހެންކަމުން ސްކޫލުގެ މާލީ އަދި ހިންގުމާ ބެހޭ ކަންކަން އޮޑިޓު ކުރުމަށް ހުށައެޅީ ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު އެވެ.

ދައުލަތުގެ ބިމެއްގައި ހިންގަމުން އަންނަ އަހްމަދިއްޔާ ސްކޫލުގެ ހިންގުމާބެހޭ ކަންކަން ނިންމަނީ ސްކޫލުގެ ބޯޑުންނެވެ.އަދި މިނިސްޓްރީގެ ބައިވެރިވުމެއް ސްކޫލު ހިންގުމުގައި ނޯންނަ ކަމަށް މައުލޫމާތު ލިބެއެވެ. އަދި އާންމު އުސޫލުންނަމަ އަވަށު މަދަރުސާތައް ހިންގާ މާލެ ސިޓީ ކައުންސިލުގެ ވެސް އެއްވެސް ބައިވެރިވުމެއް އަހްމަދިއްޔާ ސްކޫލުގައި ނޯވެއެވެ.

ސްކޫލު ހިންގުމަށްޓަކައި ދަރިވަރުން އަތުން ފީ ނެގިކަމުގައިވީ ނަމަވެސް އެ ސްކޫލުގެ ދަރިވަރުން އޯލެވެެލް އަދި އޭލެވެލް އިމްތިހާނުގައި ބައިވެރިވުމަށް ވެސް ހަރަދު ކުރަނީ ސަރުކާރުންނެވެ.

https://www.facebook.com/share/i6RNuxGJPMSa3aS3/?mibextid=LQQJ4d
https://www.facebook.com/share/1FDC3AzLV4/?mibextid=wwXIfr
ކޮމެންޓް
https://www.facebook.com/KOTHTHUHUTMALE?mibextid=LQQJ4d/