logo

އެމްޑީޕީގެ ލަޝްކަރު ފަހަތަކަށް ނުޖެއްސޭނެ: ޝާހިދު

މިރާޝް މޫސާ

17 އޭޕްރީލު 2025 - 01:21
އެމްޑީޕީގެ ލަޝްކަރު ފަހަތަކަށް ނުޖެއްސޭނެ: ޝާހިދު

SHARE

އެމްޑީޕީގެ ލަޝްކަރު ފަހަތަކަށް ނުޖެއްސޭނެ ކަމަށް ވިދާޅުވެ އެ ޕާޓީގެ ރައީސް އަބްދުﷲ ޝާހިދު ޗެއާޕާސަން ފައްޔާޒް އިސްމާއީލްގެ ދިފާއުގައި ތެދުވެއްޖެއެވެ.

https://www.facebook.com/share/16DS9XEpfy/?mibextid=wwXIfr

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ދަރިކަލަކާ ގުޅޭގޮތުން އެމްޑީޕީގެ އެއްވުމެއްގައި ދެއްކި ވާހަކައަކާ ގުޅިގެން އެ ޕާޓީގެ އެކްޓިވިސްޓް މަރިޔަމް ޒުބައިރު (މަންދީ) އާއި ފައްޔާޒުގެ މައްޗަށް ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު ވަނީ ދައުވާ އުފުލާފައެވެ.

އެކަމާ ގުޅިގެން އެކްސްގައި ޝާހިދު ވިދާޅުވީ އެމްޑީޕީގެ އިސް ހަރަކާތްތެރީންގެ މައްޗަށް އެކި ނަންނަމުގައި ދައުވާ އުފުލައި، މައްސަލަތައް ބެލުމަށް ކުރާ ކަންކަމަކީ، ގާނޫނު އަސާސީ އިން ރައްޔިތުންނަށް ކަށަވަރުކޮށްދޭ ޚިޔާލު ފާޅުކުރުމުގެ މިނިވަންކަން ހަނިކުރުމަށް ސަރުކާރުން ކުރާ މަސައްކަތުގެ ތެރެއިން ހިންގާ، ބިރު ދެއްކުމުގެ އަމަލެއް ކަމަށެވެ.

އޭނާ ވިދާޅުވީ ކުރާ ދައުވާއަކުން އެމްޑީޕީގެ ލަޝްކަރު ފަތަށް ނުޖެއްސޭނެ ކަމަށެވެ.

ސާޖިދާގެ ގާނޫނީ ވަކީލު އާއިޝަތު އާޒިމާ ޝަކޫރުގެ ލޯފާމް ރެހެންދި ޗެމްބާސް އިން ނެރުނު ބަޔާނެއްގައި ވަނީ މަންދީ އާއި ފައްޔާޒްގެ އިތުރުން އެމްޑީޕީގެ މައްޗަށް ދައުވާ އުފުލީ ރައީސްގެ ދަރިކަލުން އުމައިރު މުހައްމަދު މުއިއްޒަށް ނިސްބަތްކޮށް ދެއްކި ވާހަކަތަކެއްގެ ސަބަބުން އުމައިރުގެ ނަފުސަށާއި ފުރާނައަށް ނުރައްކާވެދާނެ ހާލަތެއް މެދުވެރިކުރުވައި އުމައިރުގެ ކިޔެވުމާއި މުސްތަގުބަލަށް ބޮޑެތި ގެއްލުންތަކެއް ލިބިދާނެ ފަދަ ހާލަތެއް މެދުވެރުކޮށްފައި ވަތީ ކަމަށެވެ.

https://www.facebook.com/share/i6RNuxGJPMSa3aS3/?mibextid=LQQJ4d

ސިވިލް ކޯޓާއި ފެމެލީ ކޯޓަށް ދައުވާތައް ހުށަހަޅާފައިވެއެވެ. އެގޮތުން ސިވިލް ކޯޓުގައި ދައުވާ ކޮށްފައި ވަނީ ގާނޫނުއަސާސީން ކަށަވަރުކޮށްދޭ ނަމާއި އަބުރު ރައްކާތެރި ކޮށްދިނުމުގެ ހައްގު ނިގުޅައިގެން ކަމަށް ބުނެއެވެ. އަދި ފެމިލީ ކޯޓުގައި ދައުވާ ކޮށްފައި ވަނީ ކުޑަކުދިންގެ ހައްގުތައް ރައްކާތެރި ކޮށްދިނުމުގެ ގާނޫނާއި ކުޑަކުދިންގެ ހައްގުތައް ރައްކާތެރި ކުރުމާބެހޭ ބައިނަލްއަގުވާމީ މުއާހަދާއިން ކަށަވަރު ކޮށްދީފައިވާ ކަރާމާތާއި ރައްކާތެރިކަން ނިގުޅައިގެންފައިވާ ކަމަށް ބުނެއެވެ.

https://www.facebook.com/share/1FDC3AzLV4/?mibextid=wwXIfr
ކޮމެންޓް
https://www.facebook.com/KOTHTHUHUTMALE?mibextid=LQQJ4d/