
SHARE
އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދާއި ޗެއާޕާސަން ފައްޔާޒް އިސްމާއީލް މާދަމާ އަތޮޅުތެރެއަށް ދަތުރުކުރަން ނިންމައިފިއެވެ.

އެމްޑީޕީން ބުނީ މާދަމާ ހެނދުނު ފައްޔާޒް ށ. އަތޮޅަށް ވަޑައިގަންނަވާނެ ކަމަށެވެ. އަދި މާދަމާ މެންދުރު ޝާހިދު އައްޑޫ ސިޓީއަށް ވަޑައިގަންނަވާނެ ކަމަށް އެ ޕާޓީން ބުންޏެވެ.
ދެ ބޭފުޅުންގެ މި ދަތުރުގައި ވެސް އެ އަތޮޅުގެ ހުރިހާ ދާއިރާއަކަށް ވަޑައިގަތުމަށް ވަނީ ހަމަޖެހިފައެވެ. މި ދަތުރުތަކުގައި ޕާޓީގެ ހަރަކާތްތައް އިތުރަށް ވަރުގަދަކޮށް ކުރިއަށް އޮތް އިންތިޚާބުތަކަށް ތައްޔާރުވުމުގެ ގޮތުން ކުރަމުންދާ މަސައްކަތްތައް އިތުރު ގިއަރަކަށް މަތި ކުރުމާ ގުޅޭގޮތުން ޕާޓީގެ މެންބަރުންނާ މަޝްވަރާ ކުރުމަށް ވަނީ ހަމަޖެހިފައި ކަމަށް އެމްޑީޕީން ބުންޏެވެ.
އެ ދަތުރުގައި އެ ދެ ބޭފުޅުންގެ އަރިހުގައި ޕާޓީގެ އިސް ބޭފުޅުން ބައިވެރިވާނެ ކަމަށް އެމްޑީޕީން ބުންޏެވެ.