ވޯޓުލާ ނިޒާމަށް ބަދަލުގެންނަނީ ރައްޔިތުންނަށް އޮޅުވާލަން: އަބްދުالله ޝާހިދު

މަރްޔަމް މާޙީ

SHARE
ވޯޓުލާ ނިޒާމަށް ބަދަލުގެންނަނީ ރައްޔިތުންނަށް އޮޅުވާލުމަށް ކަމަށް ކުރީގެ ފޮރިން މިނިސްޓަރު އަބްދުالله ޝާހިދު ވިދާޅުވެއްޖެއެވެ.

މިއަދު ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި ޝާހިދު ވިދާޅުވީ ވޯޓުލާ ނިޒާމަށްބަދަލުގެންނަން މިހާރު ދައްކަމުންދާ ވާހަކަ ތަކަކީ ވޯޓު ގުނުން އެތައް ބުރަކަށް ދަންމާލާނެ ކަމެއް ކަމަށެވެ. އަދި އެއީ ފޮށިތައް މާލެގެނެސް ވޯޓު އޮޅުވާލުމަށް ރާވާ ރޭވުމެއް ކަމަށް ވެސް ވިދާޅުވިއެވެ.
ޝާހިދު މިހެން ވިދާޅުވީ ރައީސްގެ ރަސްމީ ވަޓްސްއެޕް ގްރޫޕުގައި ރޭ ފޮނުއްވި މެސެޖަކާ ގުޅިގެންނެވެ. ރައީސް ވިދާޅުވީ އެ މަނިކުފާނު ވަކާލާތު ކުރައްވާ ވޯޓިން ނިޒާމަކީ ޕްރިފެރެންޝަލް ވޯޓިން ނިޒާމު ކަމަށެވެ.
" ވޯޓުގެ 50% + 1 ( ވޯޓުލީ މީހުންގެ ސާފު އަޣްލަބިއްޔަތު ) ލިބެންޖެހޭނެ. މި ސޮއްސާލަނީ ކުޑަ ކާފު ބޮޑު ކާފުގެ ޒަމާނަށް. ކިތަންމެ މޮޅު ނަމެއްކިޔަސް އިޚްލާސްތެރި ކަމުގެ ޒައްރެއްވެސްނެތް. ނިޔަތަކީ ވޯޓު ފޮއްޓަށް އަތްބޭނުން. ވޯޓު އޮޅުވާލުން . ދިވެހި ރައްޔިތުންނޭ! ބޮޑުކޮށް ނޫނެކޭ ވިދާޅުވޭ!," ޕޯސްޓުގައި ޝާހިދު ވިދާޅުވިއެވެ.
މީގެ އިތުރުން ޝާހިދު ވިދާޅުވީ ވޯޓު ގުނަންވާނީ ވޯޓުލީ މަރުކަޒެއްގައި އެންމެންގެ ކުރިމަތީގައި ކަމަށެވެ.
.png&w=3840&q=75)