logo

ރައީސްގެ ދަރިކަލުންގެ ވާހަކަ އިތުރަށް ނުދެއްކުމަށް ފައްޔާޒް އެދިއްޖެ

މިރާޝް މޫސާ

17 އޭޕްރީލު 2025 - 18:35
ރައީސްގެ ދަރިކަލުންގެ ވާހަކަ އިތުރަށް ނުދެއްކުމަށް ފައްޔާޒް އެދިއްޖެ

SHARE

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ދަރިކަލުންނާ ގުޅޭ ވާހަކަ އެއްވެސްގޮތަކަށް ނުދެއްކުމަށް އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއީލް އެދިއްޖެއެވެ.

https://www.facebook.com/share/16DS9XEpfy/?mibextid=wwXIfr

އެމްޑީޕީން މިރޭ ބޭއްވި ހަރުގެ ޖަލްސާގައި ވާހަކަދައްކަވަމުން ފައްޔާޒް ވިދާޅުވީ ރައީސްގެ ދަރިކަލުންގެ ކަރާމާތް ނަގާލީ އެމްޑީޕީން ނޫން ކަމަށެވެ. އަދި އެކަން ކުރީ ރައީސްގެ ދެކަނބަލުން ކަމަށް ތުހުމަތުކޮށް އޭނާ ވާހަކަދެއްކެވިއެވެ.

އެއަށްފަހު ފައްޔާޒް ވިދާޅުވީ ރައީސްގެ ދަރިކަލުންގެ ވާހަކަ ސޯޝަލް މީޑިއާގައި ވެސް އަދި އެ ނޫންގޮތަކަށް ވެސް ނުދެއްކުމަށް އެދޭ ކަމަށެވެ.

ފައްޔާޒް ވިދާޅުވީ އެ ވާހަކަ ދެން އެ ޕާޓީން އިތުރަށް ދައްކާނީ ޝަރީއަތުގެ މަޖިލީހުގައި ކަމަށެވެ.

ދަރިކަލުންގެ ކަރާމާތަށް އަރައިގަތް ކަމަށް ތުހުމަތުކޮށް ރައީސްގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު ވަނީ ފައްޔާޒާއި އެމްޑީޕީގެ އެކްޓިވިސްޓް މަރިޔަމް ޒުބައިރު (މަންދީ)ގެ މައްޗަށް ދައުވާ އުފުލާފައެވެ.

https://www.facebook.com/share/i6RNuxGJPMSa3aS3/?mibextid=LQQJ4d

ސާޖިދާގެ ގާނޫނީ ވަކީލު އާއިޝަތު އާޒިމާ ޝަކޫރުގެ ލޯފާމް ރެހެންދި ޗެމްބާސް އިން ނެރުނު ބަޔާނެއްގައި ވަނީ މަންދީ އާއި ފައްޔާޒްގެ އިތުރުން އެމްޑީޕީގެ މައްޗަށް ދައުވާ އުފުލީ ރައީސްގެ ދަރިކަލުން އުމައިރު މުހައްމަދު މުއިއްޒަށް ނިސްބަތްކޮށް ދެއްކި ވާހަކަތަކެއްގެ ސަބަބުން އުމައިރުގެ ނަފުސަށާއި ފުރާނައަށް ނުރައްކާވެދާނެ ހާލަތެއް މެދުވެރިކުރުވައި އުމައިރުގެ ކިޔެވުމާއި މުސްތަގުބަލަށް ބޮޑެތި ގެއްލުންތަކެއް ލިބިދާނެ ފަދަ ހާލަތެއް މެދުވެރުކޮށްފައި ވަތީ ކަމަށެވެ.

ސިވިލް ކޯޓާއި ފެމެލީ ކޯޓަށް ދައުވާތައް ހުށަހަޅާފައިވެއެވެ. އެގޮތުން ސިވިލް ކޯޓުގައި ދައުވާ ކޮށްފައި ވަނީ ގާނޫނުއަސާސީން ކަށަވަރުކޮށްދޭ ނަމާއި އަބުރު ރައްކާތެރި ކޮށްދިނުމުގެ ހައްގު ނިގުޅައިގެން ކަމަށް ބުނެއެވެ. އަދި ފެމިލީ ކޯޓުގައި ދައުވާ ކޮށްފައި ވަނީ ކުޑަކުދިންގެ ހައްގުތައް ރައްކާތެރި ކޮށްދިނުމުގެ ގާނޫނާއި ކުޑަކުދިންގެ ހައްގުތައް ރައްކާތެރި ކުރުމާބެހޭ ބައިނަލްއަގުވާމީ މުއާހަދާއިން ކަށަވަރު ކޮށްދީފައިވާ ކަރާމާތާއި ރައްކާތެރިކަން ނިގުޅައިގެންފައިވާ ކަމަށް ބުނެއެވެ.

މަންދީގެ އެ ވާހަކަ ހިއުމަންރައިޓްސް ކޮމިޝަނާއި އިލެކްޝަންސް ކޮމިޝަންގެ އިތުރުން ޗިލްޑްރަންސް އޮމްބަޑްސް ޕާސަންގެ އޮފީހުން ވަނީ ކުށްވެރިކޮށްފައެވެ.

https://www.facebook.com/share/1FDC3AzLV4/?mibextid=wwXIfr
ކޮމެންޓް
https://www.facebook.com/KOTHTHUHUTMALE?mibextid=LQQJ4d/