logo

ދައުވާ ކުރުމަކީ އެމްޑީޕީގެ އަޑު ކަނޑުވާލަން ހިންގި ފިނޑި އަމަލެއް: ރައީސް ސޯލިހު

ފާތިމަތު މިޝްކާ

17 އޭޕްރީލު 2025 - 01:32
ދައުވާ ކުރުމަކީ އެމްޑީޕީގެ އަޑު ކަނޑުވާލަން ހިންގި ފިނޑި އަމަލެއް: ރައީސް ސޯލިހު

SHARE

އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއީލާއި އެ ޕާޓީގެ އިސް އެކްޓިވިސްޓް މަރިޔަމް ޒުބައިރު (މަންދީ)ގެ މައްޗަށް ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އަނބިކަބަލުން ސާޖިދާ މުހައްމަދު ދައުވާ ކުރުމަކީ އެ ޕާޓީގެ އަޑު ކަނޑުވާލަން ހިންގި ފިނޑި އަމަލެއްގެ ގޮތުގައި ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ސިފަކުރައްވައިފިއެވެ.

https://www.facebook.com/share/16DS9XEpfy/?mibextid=wwXIfr

ރައީސް ސޯލިހު އެކްސްގައި ވިދާޅުވީ ފައްޔާޒާއި ޕާޓީގެ އިސް ޚިދުމަތްތެރީންގެ މައްޗަށް ސިޔާސީ ބޭނުމަށް އެކި ނަންނަމުގައި ކުރާ ދައުވާތަކަކީ އެމްޑީޕީގެ އަޑު ކަނޑުވާލުމުގެ މަގްސަދުގައި ހިންގާ ފިނޑި އަމަލެއް ކަމަށެވެ.

އެމަނިކުފާނު ވިދާޅުވީ ކުރާ ދައުވާއަކުން އެ ޕާޓީ ފަހަތަކަށް ނުޖެއްސޭނެ ކަމަށެވެ.

View post on Twitter
https://www.facebook.com/share/i6RNuxGJPMSa3aS3/?mibextid=LQQJ4d

ސާޖިދާގެ ގާނޫނީ ވަކީލު އާއިޝަތު އާޒިމާ ޝަކޫރުގެ ލޯފާމް ރެހެންދި ޗެމްބާސް އިން ނެރުނު ބަޔާނެއްގައި ވަނީ މަންދީ އާއި ފައްޔާޒްގެ އިތުރުން އެމްޑީޕީގެ މައްޗަށް ދައުވާ އުފުލީ ރައީސްގެ ދަރިކަލުން އުމައިރު މުހައްމަދު މުއިއްޒަށް ނިސްބަތްކޮށް ދެއްކި ވާހަކަތަކެއްގެ ސަބަބުން އުމައިރުގެ ނަފުސަށާއި ފުރާނައަށް ނުރައްކާވެދާނެ ހާލަތެއް މެދުވެރިކުރުވައި އުމައިރުގެ ކިޔެވުމާއި މުސްތަގުބަލަށް ބޮޑެތި ގެއްލުންތަކެއް ލިބިދާނެ ފަދަ ހާލަތެއް މެދުވެރުކޮށްފައި ވަތީ ކަމަށެވެ.

ސިވިލް ކޯޓާއި ފެމެލީ ކޯޓަށް ދައުވާތައް ހުށަހަޅާފައިވެއެވެ. އެގޮތުން ސިވިލް ކޯޓުގައި ދައުވާ ކޮށްފައި ވަނީ ގާނޫނުއަސާސީން ކަށަވަރުކޮށްދޭ ނަމާއި އަބުރު ރައްކާތެރި ކޮށްދިނުމުގެ ހައްގު ނިގުޅައިގެން ކަމަށް ބުނެއެވެ. އަދި ފެމިލީ ކޯޓުގައި ދައުވާ ކޮށްފައި ވަނީ ކުޑަކުދިންގެ ހައްގުތައް ރައްކާތެރި ކޮށްދިނުމުގެ ގާނޫނާއި ކުޑަކުދިންގެ ހައްގުތައް ރައްކާތެރި ކުރުމާބެހޭ ބައިނަލްއަގުވާމީ މުއާހަދާއިން ކަށަވަރު ކޮށްދީފައިވާ ކަރާމާތާއި ރައްކާތެރިކަން ނިގުޅައިގެންފައިވާ ކަމަށް ބުނެއެވެ.

މަންދީގެ އެ ވާހަކަ ހިއުމަންރައިޓްސް ކޮމިޝަނާއި އިލެކްޝަންސް ކޮމިޝަންގެ އިތުރުން ޗިލްޑްރަންސް އޮމްބަޑްސް ޕާސަންގެ އޮފީހުން ވަނީ ކުށްވެރިކޮށްފައެވެ.

/
https://www.facebook.com/share/1FDC3AzLV4/?mibextid=wwXIfr
ކޮމެންޓް
https://www.facebook.com/KOTHTHUHUTMALE?mibextid=LQQJ4d/