ފުރާޅު މައްޗަށް ވެއްޓުނު އަންހެން މީހާއަށް ވެންޓިލޭޓަރުގައި ފަރުވާ ދެނީ

މަރްޔަމް މާޙީ
19 އޭޕްރީލު 2025 - 09:31

SHARE
ގެއެއްގެ ފުރާޅު މައްޗަށް ވެއްޓިފައި އޮށްވާ ހޮސްޕިޓަލަށް ގެންދިޔަ އަންހެން މީހާއަށް ފަރުވާ ދެމުން އަންނަނީ ވެންޓިލޭޓަރުގައި ކަމަށް އިއޖީއެމްއެޗުން ބުނެފިއެވެ.

އައިޖީއެމްއެޗް އިން ބުނީ އޭނާއަށް މި ވަގުތު ފަރުވާދެމުން އަންނަނީ އައިސީޔޫގައި, ވެންޓިލޭޓަރުގައި ކަމަށެވެ. ނަމަވެސް އޭނާއަށް ލިވިފައިވާ އަނިޔާގެ ތަފްސީލެއް ނުދެއެވެ.
އުމުރުން 21 އަހަރުގެ ޒުވާން އަންހެނަކު ހެންވޭރު ގެއެއްގެ ފުރާޅު މައްޗަށްް ވެއްޓިފައި އޮށްވާ ފެނުނީ އިއްޔެ ހެނދުނުއެވެ. ފުލުހުން ބުނީ އޭނާ ވެއްޓިފައިވާކަން ފުލުހުންނަށް ރިޕޯޓުކުރީ ހެނދުނު 7:23 ހާއިރު ކަމަށާއި, އޭނާ ހޮސްޕިޓަލަށް ގެންދިޔައީ ފުލުހުންނާއި އެމްއެންޑީއެފް ފަޔާ އެންޑް ރެސްކިޔުގެ ޓީމުގެ އެހީތެރިކަމާއެކުގައި ކަމަށެވެ.
ފުލުހުން އަންނަނީ މިހާރު މި މައްސަލަ ތަހުގީގު ކުރަމުންނެވެ.