logo

ފުރާޅުމަތިން ވެއްޓުނު އަންހެންމީހާ ހޭއަރައިފި، މިހާރު ވާހަކަވެސް ދައްކާ

ފާތިމަތު މިޝްކާ

22 އޭޕްރީލު 2025 - 09:22
ފުރާޅުމަތިން ވެއްޓުނު އަންހެންމީހާ ހޭއަރައިފި، މިހާރު ވާހަކަވެސް ދައްކާ

SHARE

ހެންވޭރު ގެއެއްގެ ފުރާޅު މައްޗަށް ވެއްޓިފައި ވަނިކޮށް އައިޖީއެމްއެޗަށް ގެންދިޔަ އަންހެން މީހާ ހޭއަރައިފިއެވެ.

https://www.facebook.com/share/16DS9XEpfy/?mibextid=wwXIfr

އައިޖީއެމްއެޗްގެ އޮފިޝަލަކު "ނުކުތާ"އަށް ވިދާޅުވީ އުމުރުން 21 އަހަރުގެ އެ އަންހެން މީހާ މިހާރު ހޭއަރާފައިވާ ކަމަށެވެ. އަދި އޭނާއަށް މިހާރު ވާހަކަ ވެސް ދެކެވޭ ކަމަށް އޮފިޝަލް ވިދާޅުވިއެވެ.

"މިހާރު ހާލަތު ރަނގަޅުވަމުން އަންނަނީ،" އޮފިޝަލް ވިދާޅުވިއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ އެ މައްސަލަ ފުލުހުންނަށް ހުށަހަޅާފައި ވަނީ މި މަހުގެ 18 ވަނަ ދުވަހުގެ ހެނދުނު 7:23 ހާއިރު ކަމަށެވެ.

އެ އަންހެން މީހާ އައިޖީއެމްއެޗަށް ގެންދިޔައީ އެމްއެންޑީއެފްގެ ފަޔާ އެންޑް ރެސްކިއު ސާވިސްގެ އެހީތެރިކަމާއެކުއެވެ.

https://www.facebook.com/share/i6RNuxGJPMSa3aS3/?mibextid=LQQJ4d

އެ އަންހެން މީހާ ވެއްޓުނުގޮތެއް ފުލުހުން އަދިި ނުބުނެއެވެ. ފުލުހުން އަންނަނީ އެ މައްސަލަ ތަހުގީގު ކުރަމުންނެވެ.

https://www.facebook.com/share/1FDC3AzLV4/?mibextid=wwXIfr
ކޮމެންޓް
https://www.facebook.com/KOTHTHUHUTMALE?mibextid=LQQJ4d/