logo

ގަޑިއިރެއްފަހުން ފަރުހާދު އަތުން ބާރުތައް ނަގައި، ފުލުސް އޮފީސް ހިންގުން ނަވީންއަށް!

ޢާލިމް އަބްދުއްލަތީފް

ޢާލިމް އަބްދުއްލަތީފް

26 އޭޕްރީލު 2025 - 16:38
ގަޑިއިރެއްފަހުން ފަރުހާދު އަތުން ބާރުތައް ނަގައި، ފުލުސް އޮފީސް ހިންގުން ނަވީންއަށް!

SHARE

ފުލުސް އޮފީހުގެ ހިންގުން ޑެޕިއުޓީ ކޮމިޝަނަރު ފަރުހާދު ފިކުރީއާ ހަވާލުކުރިތާ ގަޑިއިރެއްފަހުން، އެ މަސްއޫލިއްޔަތު އަތުލައި ޑެޕިއުޓީ ކޮމިޝަނަރު އިސްމާއީލް ނަވީންއާ ހަވާލުކޮށްފިއެވެ.

https://www.facebook.com/share/16DS9XEpfy/?mibextid=wwXIfr

ފުލުހުންގެ ގާނޫނު ބުނާގޮތުން ފުލުސް އޮފީސް ވަގުތީގޮތުން ހިންގާނެ ބޭފުޅަކު ކަނޑައަޅަންޖެހޭ ހާލަތްތަކުގައި އެކަންކުރާނީ ހޯމް މިނިސްޓަރެވެ.

ފުލުހުސް އޮފީސް ހިންގުން ވަގުތީ ގޮތުން ފަރުހާދު ފިކުރީއާ ހަވާލު ކުރިކަން މިރޭ 7:46 ގައި ހޯމް މިނިސްޓަރު އަލީ އިހްސާން އިއުލާން ކުރެއްވިއެވެ. އެކަމަކު އޭގެ އެއްގަޑިއިރު ފަހުން 8:46 ގައި އިހުސާން އިއުލާން ކުރެއްވީ ފުލުސް އޮފީސް ވަގުތީގޮތުން ހިންގުން ޑެޕިއުޓީ ކޮމިޝަނަރު އިސްމާއީލް ނަވީންއާ ހަވާލުކުރެއްވި ކަމަށެވެ.

"ފުލުހުންގެ މުއައްސަސާއިން މިވަގުތު އެންމެ އިސްކަން ދީގެން ކުރިއަށް ގެންދާ މަސައްކަތަކީ މިހާރު ހިނގަމުންދާ ތަހުގީގުގެ މަސައްކަތްކަމަށްވެފައި މިތަހުގީގުގެ ކަންކަމާ އެންމެ އިސްކޮށް ހަވާލުވެ ހުންނެވީ ޑެޕިއުޓީ ކަމިޝަނާ، އިސްމާއިލް ނަވީންކަމަށް ވާތީ ކަމިޝަނާ އޮފް ޕޮލިސް ކަމަށް ބޭފުޅަކު އައްޔަނު ކުރެވެންދެން އެ މަސްއޫލިއްޔަތު ވަގުތީގޮތުން އަދާކުރައްވަން ޑެޕިއުޓީ ކަމިޝަނާ އިސްމާއިލް ނަވީން ކަނޑައަޅައިފީމެވެ،" އިހުސާން އެކްސްގައި ކުރެެއްވި ޕޯސްޓުގައި ވިދާޅުވިއެވެ.

ޕޮލިސް ކޮމިޝަނަރުކަމުން އަލީ ޝުޖާއު މިރޭ ވަނީ އިސްތިއުފާދެއްވާފައެވެ.

https://www.facebook.com/share/i6RNuxGJPMSa3aS3/?mibextid=LQQJ4d
https://www.facebook.com/share/1FDC3AzLV4/?mibextid=wwXIfr
ކޮމެންޓް
https://www.facebook.com/KOTHTHUHUTMALE?mibextid=LQQJ4d/