
SHARE
މާލޭގެ އިމާތާރާތަކުން ވެއްޓުނު ޒުވާނާއަށް އިންސާފު ހޯދައިދިނުމަށް މިހާރު ޒުވާނުން ކުރާ ސިލްސިލާ މުޒާހަރާގައި އިސްލާމީ ޝަރީއަތް ގާއިމުކުރަންގޮވައިލައިފިއެވެ.

މިރޭގެ މުޒާހަރާގައި ޒުވާނުން ވަނީ “ހައްލަކީ އިސްލާމީ ޝަރީއަތް”ކަމަށް ބުނާ ބޯޑުތަކެއް ގެންގުޅެފައެވެ.
ގިނަ އަދަދެއްގެ ޒުވާނުން ބައިވެރިވާ މި މުޒާހަރާގެ މައިގަނޑު ކަންބޮޑުވުމަކީ އިމާރާތުން ވެއްޓުނު ޒުވާނާއަށް އިންސާފު ހޯދައިދިނުމަށް ފުލުހުންއިންސާފުވެރި ތަހުގީގެއް ނުހިންގުމެވެ. އަދި މި މައްސަލައިގައި ފުލުހުން ތަފާތު ގޮތަކަށް މަސައްކަތްކުރާކަމަށް ވެސް ޒުވާނުން ވަނީ ގޮވައިލައިފައެވެ.
މި މައްސަލައިގައި ފުލުހުން އަމަލުކުރި ގޮތާމެރު ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ވެސް ވަނީ ނުރުހުން ފާޅުކޮށްފައެވެ. އެ ގޮތުން އެ ޒުވާން އަންހެން މީހާއާއެކު އެރޭ އުޅުނު މީހުންގެ ތެރެއިން ކުޑަކަމުދާތަކެތި ދިނުމަށް އިންކާރުކުރި މީހުންގެ މައްސަލަ ތަހުގީގު ކުރަން ޖެހޭ ކަމަށް ވަނީ ބުނެފައެވެ.
ޕީޖީ އޮފީހުން މިރޭ ނެރުނު ބަޔާނެއްގައި ވަނީ ގާނޫނީ އުސޫލުތަކުގެ ތެރެއިން މީހަކަށް ކުޑަކަމުދާތަކެތި ދިނުމަށް އަންގައި އެތަކެތި ނުދީފިނަމަ،ކުޑަކަމުދާތަކެތި ދޭން އިންކާރުކުރުމުގެ މައްސަލައެއްގެ ގޮތުގައި ތަހުގީގުކުރަން ޕީޖީ އައްބާސް އަންގާފައިވާ ކަމަށެވެ.
.png&w=3840&q=75)
ޕީޖީ އަންގާފައިވާ އިތުރު ބައެއް ކަންކަން
- ޖިނާއީ ތަހުގީގަކާ ގުޅިގެން މައުލޫމާތު ހާމަކުރުމުގައި ހަމަހަމަކަމާއެކު، ގާނޫނުއަސާސީން ފަރުދުންނަށް ކަށަވަރުކޮށްދީފައިވާ ހައްގުތަކަށް އުނިކަންނާންނާނެފަދަ ގޮތަކަށް އަމަލުކުރުން
- ޖިނާއީ ކުށްތަކާ ގުޅިގެން މައުލޫމާތު އާންމުކުރުމުގައި އޮޅުން ނާރާނެ ގޮތަށް ހާމަކަމާއެކު ފުރިހަމަ މައުލޫމާތު ފޯރުކޮށްދިނުން
- ތަހުގީގަށް ހުރަސްއެޅޭނެ ގޮތަށް މައުލޫމާތު ހާމަނުކުރަން
އެ މައްސަލައިގެ ތަހުގީގު ހިންގުމުގައި ހުރި ކަންބޮޑުވުންތައް އެ އޮފީހަށް ހުށަހެޅުމުން އެ ޝަކުވާތަކާ މެދު ވެސް ގާނޫނުއަސާސީގެ 223 ވަނަ މާއްދާގެ (ޅ)ގެދަށުން އަޅަންޖެހޭ ފިޔަވަޅުތައް އަޅަމުން ގެންދާނެ ކަމަށް ވެސް އެ ބަޔާނުގައިވެއެވެ.
މީގެއިތުރުން އަނިޔާ ލިބުނު މީހާގެ ޒާތީ މައުލޫމާތާއި ފޮޓޯ އާއި ވީޑިއޯ އާންމުކޮށްފައިވާތީ، އަނިޔާ ލިބުނު މީހާގެ އަބުރާއި ކަރާމާތަށް އުނިކަން އަންނާނެ ފަދަކަމެއް އިތުރަށް ނުކުރުމަށް ވެސް ޕީޖީ ވަނީ އަންގަވާފައެވެ.
