logo

ގެއްލިގެން ހޯދަމުން އަންނަ ޒުވާނާ އަދިވެސް ނުފެނޭ

މިރާޝް މޫސާ

27 އޭޕްރީލު 2025 - 15:00
ގެއްލިގެން ހޯދަމުން އަންނަ ޒުވާނާ އަދިވެސް ނުފެނޭ

SHARE

މާލެއިން ގެއްލިގެން ހޯދަމުން އަންނަ ޒުވާނާ އަދިވެސް ނުފެންނަ ކަމަށް ފުލުހުން ބުނެފިއެވެ.

https://www.facebook.com/share/16DS9XEpfy/?mibextid=wwXIfr

ގެއްލިގެން ހޯދަމުންދަނީ ތ. ތިމަރަފުށި، ސަލްވާ، އުމުރުން 31 އަހަރުގެ ފާތިމަތު ޝަހުދާއެވެ.

ފުލުހުން ބުނީ މި މަހުގެ 22 ވަނަ ދުވަހުން ފެށިގެން ޝަހުދާގެ ޚަބަރެއްނުވެ ގެއްލިފައިވާކަމަށް މިމަހުގެ 24 ވަނަ ދުވަހުގެ 20:00 ހާއިރު ފުލުހުންނަށް ރިޕޯޓްކޮށްފައި ވާކަމަށެވެ.

ޝަހުދާ އެންމެ ފަހުން ފެނިފައިވަނީ މާލެ، އަލިކިލެގެފާނުމަގު ސިޓީ ޕާކް ސަރަހައްދުންނެވެ. އޭރު އޭނާ ލައިގެން ހުރީ ފެހި ކުލައިގެ ހެދުމެއްކަމަށް އާއިލާއިން ބުންޏެވެ.

އޭނާއާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ ތ. ތިމަރަފުށި ޕޮލިސް ސްޓޭޝަން ނަންބަރު 9792269 އަށް ގުޅައި އެ މައުލޫމާތު ހިއްސާކުރުމަށް ފުލުހުން ވަނީ އެދިފައެވެ.

https://www.facebook.com/share/i6RNuxGJPMSa3aS3/?mibextid=LQQJ4d
https://www.facebook.com/share/1FDC3AzLV4/?mibextid=wwXIfr
ކޮމެންޓް
https://www.facebook.com/KOTHTHUHUTMALE?mibextid=LQQJ4d/