ހުޅުގަލީގެ އެޕާޓްމަންޓުން އަތުލި ސިނގިރޭޓްތައް އަނބުރާ ހަވާލުކުރަން ކޯޓުން އަމުރުކޮށްފި

ޢާލިމް އަބްދުއްލަތީފް

ކްރިމިނަލް ކޯޓް --- ފޮޓޯ: އަވަސް
SHARE
ހ. ހުޅުގަލީގެ އެޕާޓްމަންޓެއްގައި އުފެއްދި ސިނގިރޭޓްތައް އެތަކެތި އުފެއްދި ކުންފުންޏާ ހަވާލުކުރަން ކްރިމިނަލް ކޯޓުން އަމުރުކޮށްފިއެވެ.

ފުލުހުންނަށް ލިބުނު މައުލޫމާތަކާ ގުޅިގެން އެ އެޕާޓްމަންޓް މިދިޔަ ޖެނުއަރީ މަހުގެ 30 ވަނަ ދުވަހު ކޯޓު އަމުރެއްގެ ދަށުން ފުލުހުން ބަލައިފާސްކުރިއެވެ. ދުންފަތް ހިމެނޭ 103 ކާޑުބޯޑު ފޮށިގަނޑު އެތަނުން އަތުލައިގަތް ކަމަށް ފުލުހުން މީގެކުރިން ބުނެފައިވެއެވެ.
ރޭޑިއަސް ޕްރައިވެޓް ލިމިޓެޑް ނަމަކަށް ކިޔާ އެ ކުންފުނީގެ ވިޔަފާރީގެ ހުއްދަ އިކޮނޮމިކް މިނިސްޓްރީން ވަނީ ބާތިލްކޮށްފައެވެ.
ދުންފަތް ކޮންޓްރޯލް ކުރުމާބެހޭ ގާނޫނުގެ ދަށުން ދުންފަތުގެ ބާވަތްތައް ރާއްޖޭގައި އުފެއްދުން މަނާކުރީ މިދިޔަ ނޮވެމްބަރު މަހުގެ 13 ވަނަ ދުވަހުން ފެށިގެންނެވެ.
އެތަކެތި ހަވާލުކުރަން ކޯޓުން އަމުރުކުރީ އެއީ އެ ތާރީޚުގެ ކުރިން އުފައްދާފައިވާ އެއްޗެއް ކަމަށްވާތީއެވެ. މީގެކުރިން ހެލްތު މިނިސްޓްރީން ވަނީ އެ ސިނގިރޭޓްތައް ނައްތާލުމުގެ ހުއްދަ ވެސް ފުލުހުންނަށް ދީފައެވެ.
.png&w=3840&q=75)