logo

ޔުމްނު ވެއްޓުނީ ރައުދުއާ ދެމެދު ހަމަނުޖެހުމެއް ހިނގާފައި ވަނިކޮށް: ފުލުހުން

ޢާލިމް އަބްދުއްލަތީފް

ޢާލިމް އަބްދުއްލަތީފް

25 އޭޕްރީލު 2025 - 17:39
ޔުމްނު ވެއްޓުނީ ރައުދުއާ ދެމެދު ހަމަނުޖެހުމެއް ހިނގާފައި ވަނިކޮށް: ފުލުހުން

SHARE

މާލޭގެ ގެއެއްގެ ނުވަނަ ފްލޯއިން ކައިރީގައި ހުރި ގެއެއްގެ މައްޗަށް ހައްވާ ޔުމްނު ރަޝީދު ވެއްޓުމުގެ ކުރިން އޭނައާ އެކު އެރޭ އުޅުނު ރައުދު އަހްމަދު ޒިލާލާ ދެމެދު ހަމަނުޖެހުމެއް ހިނގާފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.

https://www.facebook.com/share/16DS9XEpfy/?mibextid=wwXIfr

ރައުދުގެ ބަންދާމެދު ގޮތެއް ނިންމަން ކްރިމިނަލް ކޯޓަށް ހާޒިރުކޮށް މިއަދު ބޭއްވި މުއްދަތު މަޖިލީހުގައި ފުލުހުން ބުނެފައި ވަނީ ޔުމްނު ވެއްޓުނު ފަހުން އޭނާ ކޮބައިތޯ ރައުދުއާ އެރޭ ސުވާލުކުރުމުން ވީތަނެއް ނޭނގޭ ކަމަށާއި ބެލެވޭގޮތުގައި ވެއްޓުނީ ކަމަށް ބުނެފައިވާ ކަމަށުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ.

ރައުދު އެފަދައިން ބުނެފައި ވަނީ އެ ހާދިސާ ހިނގިތާ މާގިނައިރުތަކެއް ނުވަނީސް ކަމަށް ވެސް ފުލުހުން ވަނީ ބުނެފައެވެ.

ކްރިމިނަލް ކޯޓުން ބަންދާ މެދު ގޮތެއް ނިންމައި ނެރުނު ކޯޓް އަމުރުގައި ވަނީ ފަސް ދުވަހަށް ބަންދުގައި ބަހައްޓަން ނިންމީ ރައުދުގެ ދިފާއީ ވަކީލަށް އޭނައާ ބައްދަލުވެވިފައިނުވާތީ ކަމަށެވެ.

ގ. ފެންޓޯނިއޯގޭގެ ނުވަ ވަނަ ފަންގިފިލާ އިން ޖެހިގެން ހުރި ގޭގެ ފުރާޅުމައްޗަށް ވެއްޓުނު އުމުރުން 21 އަހަރުގެ ޔުމްނު ވެއްޓިފައި އޮއްވައި ފެނުނީ މި މަހުގެ 18 ވަނަ ދުވަހުގެ ހެނދުނުގެ ވަގުތެއްގައެވެ.

https://www.facebook.com/share/i6RNuxGJPMSa3aS3/?mibextid=LQQJ4d

އެ މައްސަލާގައި ފުލުހުން ރައުދުއަށް ކުރާ ތުހުމަތަކީ ޔުމްނު ވެއްޓުނުކަން އެނގިހުރެ އެކަން ކަމާބެހޭ ފަރާތަށް ނޭންގުމުގެ ތުހުމަތެވެ.

ކްރިމިނަލް ކޯޓުގެ އަމުރުގައިވާގޮތުން ރައުދުގެ ކުޑަކަމުދާތަކެތި ކެނަބިސްއަށް ޕޮޒިޓިވްވެފައިވާ ކަމަށް ފުލުހުން ވަނީ ކޯޓްގައި ބުނެފައެވެ.

"ނުކުތާ"އަށް އެނގިފައިވާގޮތުގައި ޔުމްނު ވެސް ވަނީ މަސްތުވާތަކެތީގެ ބާވަތްތަކަކަށް ޕޮޒިޓިވްވެފައެވެ. އެގޮތުން ބަނގުރަލާއި ކެނަބިސް އާއި މެތަށް އޭނާ ވަނީ ޕޮޒިޓިވްވެފައެވެ.

އޭނާއަށް އިތުރު ފަރުވާދިނުމަށް ސަރުކާރުގެ ޚަރަދުގައި މެލޭޝިޔާއަށް ގެންދަން ވަނީ ނިންމާފައެވެ.

/
https://www.facebook.com/share/1FDC3AzLV4/?mibextid=wwXIfr
ކޮމެންޓް
https://www.facebook.com/KOTHTHUHUTMALE?mibextid=LQQJ4d/