logo

ރައުދުގެ ބަންދުގެ މުއްދަތު ތިން ވަނަ ފަހަރަށް އިތުރުކޮށްފި

ރައުދުގެ ބަންދުގެ މުއްދަތު ތިން ވަނަ ފަހަރަށް އިތުރުކޮށްފި

SHARE

މާލޭގެ ގެއެއްގެ ފުރާޅުމައްޗަށް އަންހެނަކު ވެއްޓުނު މައްސަލައާ ގުޅިގެން ހައްޔަރުކުރި ރައުދު އަހްމަދު ޒިލާލްގެ ބަންދަށް އިތުރު ފަސް ދުވަސް ކްރިމިނަލްް ކޯޓުން އިތުރުކޮށްފިއެވެ.

https://www.facebook.com/share/16DS9XEpfy/?mibextid=wwXIfr

ކޯޓު އަމުރެއްގެ ދަށުން ރައުދު ހައްޔަރުކުރީ މިދިޔަ އޭޕްރީލް މަހުގެ 24 ވަނަ ދުވަހުއެވެ. އެންމެ ފުރަތަމަ ވެސް އޭނާގެ ބަންދާ މެދު ގޮތެއް ނިންމަން ހާޒިރުކުރުމުން ފަސް ދުވަހަށް ބަންދުގައި ބަހައްޓަން އަމުރުކުރިއެވެ. އެ މުއްދަތު ހަމަވުމުން ދެން އިތުރުކުރީ 10 ދުވަހަށެވެ. އެ މުއްދަތު ހަމަވުމުން މިއަދު ވަނީ އިތުރު 10 ދުވަހަށް އޭނާ ބަންދުގައި ބަހައްޓަން އަމުރުކޮށްފައެވެ.

މާލޭގެ އިމާރާތެއްގެ މަތިން ހައްވާ ޔުމްނު ރަޝީދު ވެއްޓުމުގައި ރައުދުގެ އިހުމާލެއްވާ ކަމަށް ފުލުހުން ތުހުމަތުކުރެއެވެ. އަދި އަންހެން މީހާ ވެއްޓުނުކަން އެނގިހުރެ ކަމާބެހޭ ފަރާތްތަކަށް ނާންގައި އެތަން ދޫކޮށް ގޮސްފައިވާ ކަމަށް ވެސް ރައުދުގެ މައްޗަށް ފުލުހުން ތުހުމަތުކުރެއެވެ.

އެ އަންހެން މީހާ ގެއެއްގެ ފުރާޅުމައްޗަށް ވެއްޓިފައި އޮއްވައި ފެނުނީ މިދިޔަ މަހުގެ 18 ވަނަ ދުވަހުގެ ހެނދުުނުގެ ވަގުތެއްގައެވެ.

މި މައްސަލަ އިންސާފުވެރިކަމާއެކު އިތުރަށް ތަހުގީގު ކުރުމަށް ޓަކައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ރިޔާސީ ކޮމިޝަނެއް ވެސް އުފައްދަވައިފައެވެ.

https://www.facebook.com/share/i6RNuxGJPMSa3aS3/?mibextid=LQQJ4d

އެ ކޮމިޝަން އުފައްދަވަން ނިންމެވިކަން އިއުލާން ކުރެއްވި ރައީސްގެ ގަރާރުގައި ވިދާޅުވީ އެ ކޮމިޝަން އުފެއްދެވީ އެ މައްސަލައާ ގުޅިގެން މިނިވަން، މުސްތަޤިއްލު އަދި އިތުބާރު ހިފޭ ތަޙުޤީޤެއްކޮށް، އެ ހާދިސާގެ ޙަޤީޤަތް ހޯދައި، އެ ހާދިސާއާ ގުޅިގެން ކަމާބެހޭ މުއައްސަސާތަކުން މިހައިތަނަށް ކޮށްފައިވާ މަސައްކަތްތަކީ ކޮބައިކަން ބެލުމަށާއި، އެ މައްސަލައާ ގުޅިގެން އަޅަންޖެހޭ ފިޔަވަޅުތައް އަޅައި، އެ މައްސަލައިގައި ކަންހިނގައިފައިވާ ގޮތުގެ ތަހުގީގެއް އިންސާފުވެރިކަމާއި އަދުލުވެރިކަމާއެކީ ކުރުމަށްކަމަށެވެ.

އެ ކޮމިޝަނުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ކޮމިޝަނުގެ ރައީސް ޑރ މުޙައްމަދު މުނައްވަރު ވިދާޅުވީ ގިނަ ދުވަސްތަކެއް ނުވެ އިންސާފުވެރިކަމާއެކު ކޮމިޝަނުގެ މަސައްކަތް މިނިވަންކަމާއެކު ނިންމާލުމަކީ އަމާޒެއް ކަމަށެވެ.

ރިޔާސީ ކޮމިޝަނުން ވަނީ ޔުމްނު ވެއްޓުނު މައްސަލައިގެ މައުލޫމާތު އެ ކޮމިޝަނާ ހިއްސާކުރަން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު ފަހިކޮށްދިނުމުގެ ގޮތުން ހާއްސަ ޕޯޓަލްއެއް ވެސް ތައާރަފްކޮށްފައެވެ.

https://www.facebook.com/share/1FDC3AzLV4/?mibextid=wwXIfr
ކޮމެންޓް
https://www.facebook.com/KOTHTHUHUTMALE?mibextid=LQQJ4d/