logo

ޝަރީއަތް ނިމެންދެން ޝަމްއާން ބަންދު ކުރަަން ކުރި އަމުރަށް ހައި ކޯޓުން ތާއީދުކޮށްފި

މަރްޔަމް މާޙީ

މަރްޔަމް މާޙީ

29 އޭޕްރީލު 2025 - 09:31
ޝަރީއަތް ނިމެންދެން ޝަމްއާން ބަންދު ކުރަަން ކުރި އަމުރަށް ހައި ކޯޓުން ތާއީދުކޮށްފި

SHARE

ކުރީގެ އިމިގްރޭޝަން ކޮންޓްރޯލަރު ޝަމްއާން ވަހީދުގެ ޝަރީއަތް ނިމެންދެން އޭނާ ބަންދުގައި ބެހެއްޓުމަށް ކްރިމިނަލް ކޯޓުން ކުރި އަމުރަށް ހައި ކޯޓުން ވެސް ތާއީދުކޮށްފިއެވެ.

https://www.facebook.com/share/16DS9XEpfy/?mibextid=wwXIfr

ޝަމްއާންގެ ބަންދާމެދު ގޮތެއް ނިންމަން ކޯޓަށް ހާޒިރުކުރުމުން 15 ދުވަހަށް ބަންދުކުރަން ނިންމުމަށްފަހު ފަހުން އެ ނިންމުން ބަދަލުކޮށް ޝަރީއަތް ނިމެންދެން އޭނާ ބަންދުގައި ބަހައްޓަން ކްރިމިނަލް ކޯޓުން އަމުރުކުރިއެވެ. ޝަމްއަންގެ ފަރާތުން މި މިއްސަލަ ހައި ކޯޓުގައި އިސްތިއުނާފު ކުރުމުން ތިން ފަނޑިޔާރުންގެ އިއްތިފާގުން ޝަމްއާން ޝަރީއަތް ނިމެންދެން ބަންދު ކުރަން ނިންމި ނިންމުން ރަނގަޅު ކަމަށް ބުނެ ވަނީ އެ ނިންމުމަށް ތާއީދު ކޮށްފައެވެ.

ޝަމްއާން ހައްޔަރު ކުރީ ބިދޭސީންގެ އަތުން ނާޖާއިޒް މަންފާ ހޯދި ކަމުގެ ތުހުމަތުގައެވެ. އެގޮތުން 530,000 ދިވެހި ރުފިޔާއާއެކު އިމިގްރޭޝަނުން ޑިޓެންޝަނަށް ގެންދެވުނު ބިދޭސީއަކު ދަންވަރުގެ ވަގުތެއްގައި ޑިޓެންޝަނުން ދޫކޮށްލާފައިވާކަން ތަހުގީގަށް އެނގިފައިވާ ކަމަށް ފުލުހުން ބުނެފައިވެއެވެ.

އަދި ޑިޓެންޝަނަށް ގެންދިޔަ މީހާ އުޅުނު ގެ ބަލައި ފާސްކުރުމުގައި އަމަލީ ގޮތުން ބައިވެރިވި މުވައްޒަފަކު ޑިޓެންޝަނުން ދޫކޮށްލި ބިދޭސީ މީހާ މަގުމަތިން ހުއްޓުވައި, އޭނާގެ އަތުން ފައިސާތައް ހިފައިގެން ޝަމްއާން ދިރިއުޅޭ އިމާރާތަށް ވަދެފައިވާކަން ވެސް ތަހުގީގަށް ކަށަވަރުކުރެވިފައިވާތީއެވެ.

މި މައްސަލައިގައި ކޯޓު އަމުރެއްގެ ދަށުން ޝައްމާން ދިރިއުޅޭ ގެ ބަލައި ފާސްކޮށް ގިނަ އަދަދެއްގެ ފައިސާއާއެކު އިލެކްޓްރޮނިކް ސާމާނުތަކެއް ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެެވެ.

https://www.facebook.com/share/i6RNuxGJPMSa3aS3/?mibextid=LQQJ4d
https://www.facebook.com/share/1FDC3AzLV4/?mibextid=wwXIfr
ކޮމެންޓް
https://www.facebook.com/KOTHTHUHUTMALE?mibextid=LQQJ4d/