logo

ރައީސަށް ލަފާދޭ ޒުވާނުންގެ ކޮމިޓީން ހުވޭ އިސްތިއުފާދީފި

މިރާޝް މޫސާ

25 އޭޕްރީލު 2025 - 19:35
ރައީސަށް ލަފާދޭ ޒުވާނުންގެ ކޮމިޓީން ހުވޭ އިސްތިއުފާދީފި

SHARE

ރައީސް ޑރ. މުހައްމަދު މުއިއްޒަށް ލަފާދޭ ޒުވާނުންގެ ކޮމިޓީން ހުވައިނާ މުހައްމަދު ނިހާދު (ހުވޭ) އިސްތިއުފާދީފިއެވެ.

https://www.facebook.com/share/16DS9XEpfy/?mibextid=wwXIfr

ހުވޭ އޭނާގެ އިންސްޓަގްރަމްގައި ލިޔެފައި ވަނީ އޭނާ އިސްތިއުފާ ދިނީ ހައްވާ ޔުމްނު ރަޝީދު ވެއްޓު ހާދިސާގައި ފުލުހުން މިހާރު ހިންގަމުންދާ ތަހުގީގާ ގުޅޭގޮތުން ހިތްހަމަނުޖެހުން ފާޅުކުރަމުންދާ ޒުވާނުންނާ އެކުގައި ހުރުމުގެ ގޮތުން ކަމަށެވެ.

ހުވޭ އަކީ އެ ކޮމިޓީއަށް ޔޫތު މިނިސްޓްރީން ކަނޑައެޅި މެންބަރުންގެ ތެރޭގައި ހިމެނޭ މީހެކެވެ.

އެ ކޮމިޓީގެ ރައީސްގެ މަގާމުގައި ހުންނެވި ރައީސް އޮފީހުގެ އަންޑާ ސެކްރެޓަރީ ފޯ ޑިޖިޓަލް ސްޓެޓްޖީގެ ދާއޫދު އަހްމަދަކީ ވެސް އެ ކޮމިޓީގެ މެންބަރެކެވެ. މަސްތުވާތަކެތި ބޭނުންކުރުމާއި ޕާޓީ ކުރުމުގެ ތުހުމަތު އަމާޒުވެފައި ވަނިކޮށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ އެ ކޮމިޓީގެ ރައީސްކަމުން އޭނާ ވަކިކުރައްވާފައެވެ. އަދި އޭނާ އަދާކުރަމުންދިޔަ ވަޒީފާއިން ވެސް ވަނީ ސަސްޕެންޑުކޮށްފައެވެ.

ހުވޭ އާއި ދާއޫދުގެ އިތުރުން އެ ކޮމިޓީގައި ހިމެނޭ މެންބަރުން:

https://www.facebook.com/share/i6RNuxGJPMSa3aS3/?mibextid=LQQJ4d
  1. ގައުމީ ލެވެލްގެ އެތުލީޓުންގެ ދާއިރާ: އަބްދުﷲ ސިއާއު
  2. ގައުމީ ލެވެލްގެ އެތްލީޓުންގެ ދާއިރާ: ރަބާބް އިބްރާހިމް އަދި އަބްދުﷲ ސިޔާއު
  3. ފަންނިއްޔަތާއި ފަންނުވެރިކަމުގެ ދާއިރާ: އައިޝަތު އަޝްނާ އަދި އަހުމަދު އަމްރު
  4. ޒުވާނުން ބާރުވެރިކުރުވާ އެންޖީއޯގެ ދާއިރާ: ފާތިމަތު ރާޔާ ޝަރީފް އަދި ނިމާލް ހަމީދު

ޔޫތު މިނިސްޓްރީން ކަނޑައަޅާ 4 ދާއިރާގެ މެމްބަރުން:

  1. އަބްދުﷲ މާހިލް ޝަހީމް
  2. މީސަމް އިބްރާހިމް
  3. މުހައްމަދު ރައްޔާން މާހިދު

ޔުނިވާސިޓީގެ ސްޓޫޑެންޓް ޔުނިއަންގެ ތެރެއިން 3 މެމްބަރުން:

/
  1. ޖައިޝް އަލީ ވަހީދު
  2. ހުސައިން އަރުބާން ފައްވާޒް
https://www.facebook.com/share/1FDC3AzLV4/?mibextid=wwXIfr
ކޮމެންޓް
https://www.facebook.com/KOTHTHUHUTMALE?mibextid=LQQJ4d/