ޔުމްނު ވެއްޓުނު މައްސަލައާ ގުޅިގެން ރިޔާސީ ކޮމިޝަނެއް އެކުލަވައިލައްވައިފި

ޢާލިމް އަބްދުއްލަތީފް

SHARE
މާލޭގެ އިމާރާތަކުން ޒުވާން އަންހެނަކު ވެއްޓުނު މައްސަލައިގައި ރިޔާސީ ކޮމިޝަނެއް އެކުލަވައިލެއްވުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމަވައިފިއެވެ.

ކޮމިޝަން އެކުލަވައިލައްވަން ރައީސް މި ނިންމެވީ ހ. ފެންޓެނޯއީގެއިން ވެއްަޓުނު ޔުމުން ރަޝީދުއަށް އިންސާފު ހޯދައިދިނުމަށް ގިނަ އަދަދެއްގެ ޒުވާނުންގޮވައިލަމުންދާ ދަނޑިވަޅެއްގައެވެ.
ރިޔާސީ ކޮމިޝަން އުފައްދަވަން ނިންމެވިކަން އިއުލާން ކުރެއްވި ރައީސްގެ ގަރާރުގައި ވިދާޅުވީ އެ ކޮމިޝަން އުފެއްދެވީ އެ މައްސަލައާ ގުޅިގެން މިނިވަން، މުސްތަޤިއްލު އަދި އިތުބާރު ހިފޭ ތަޙުޤީޤެއްކޮށް، އެ ހާދިސާގެ ޙަޤީޤަތް ހޯދައި، އެ ހާދިސާއާ ގުޅިގެން ކަމާބެހޭ މުއައްސަސާތަކުން މިހައިތަނަށް ކޮށްފައިވާ މަސައްކަތްތަކީ ކޮބައިކަން ބެލުމަށާއި، އެ މައްސަލައާ ގުޅިގެން އަޅަންޖެހޭ ފިޔަވަޅުތައް އަޅައި، އެ މައްސަލައިގައި ކަންހިނގައިފައިވާ ގޮތުގެ ތަޙުޤީޤެއް އިންސާފުވެރިކަމާއި ޢަދުލުވެރިކަމާއެކީ ކުރުމަށްކަމަށެވެ.
މި ކޮމިޝަނުގެ މެންބަރުންގެ ގޮތުގައި ހިމެނެނީ;
- ޑޮކްޓަރ މުޙައްމަދު މުނައްވަރު، ގ. ހަސަންކާރިގެ
- ބްރިގޭޑިއަރ ޖެނެރަލް ރިޓަޔަޑް އަޙްމަދު މުޙައްމަދު، ވ. އަލްމާން
- ޑޮކްޓަރ މުޙައްމަދު ޙަބީބު، ސ. ހިތަދޫ، ސީސަންމާގެ
.png&w=3840&q=75)
އިތުރު ތަފްސީލް އަންނަނީ..