logo

ރާއްޖެ އާއި މެލޭޝިއާއާ ދެމެދު ގިނަ އެއްބަސްވުންތަކެއްގައި ސޮއިކޮށްފި

މަރްޔަމް މާޙީ

މަރްޔަމް މާޙީ

28 އޭޕްރީލު 2025 - 05:42
ރާއްޖެ އާއި މެލޭޝިއާއާ ދެމެދު ގިނަ އެއްބަސްވުންތަކެއްގައި ސޮއިކޮށްފި

SHARE

ރާއްޖެ އާއި މެލޭޝިއާ އާ ދެމެދު އެކި ދާއިރާތަކުން ފަސް އެއްބަސްވުމެއްގައި މިއަދު ސޮއިކޮށްފިއެވެ.

https://www.facebook.com/share/16DS9XEpfy/?mibextid=wwXIfr

މި އެއްބަސްވުންތަކުގައި ސޮއި ކުރެއްވީ ރައީސް ޑރ މުހައްމަދު މުއިއްޒު މެލޭޝިއާ އަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުގެ ތެރެއިންނެވެ.

އެގޮތުން ޖުމްލަ ފަސް ދާއިރާއަކުން މީހުން ތަމްރީނުކޮށް އެ ދާއިރާތައް ކުރިއަރުވަން އެއްބަސްވުންތަކުގައި ސޮއި ކުރެވުނެވެ. އެއީ،

  • ކުޅިވަރުގެ ދާއިރާ
  • ސިއްހީ ދާއިރާ
  • ޓޫރިޒަމް ދާއިރާ
  • ޑިޕްލޮމެޓުން ތަމްރީނުކުރުން
  • ފައިނޭސްޝަލް ސާވިސަސްގެ ދާއިރާ، އެވެ.

އަދި މީގެ އިތުރުން ޑިފެންސްގެ ދާއިރާއިން ވެސް މެލޭޝީއާ އޮންނަ ގުޅުން ބަދަހިކުރުމަށް ޝައުގުވެރިކަން އޮތް ކަން ރައީސް ވަނީ ހާމަކުރައްވާފައެވެ.

https://www.facebook.com/share/i6RNuxGJPMSa3aS3/?mibextid=LQQJ4d

މި ދަތުރުފުޅަކީ މެލޭޝިއާގެ ބޮޑުވަޒީރު އަންވަރު އިބްރާހިމްގެ ދައުވަތަކަށް ރައީސް ކުރައްވާ ރަސްމީ ދަތުރުފުޅެކެވެ. ދަތުރުފުޅު ނިންމަވާލައްވައި އެނބުރި ރައްޖެ ވަޑައިގަންނަވާނީ އަންނަ ބުދަ ދުވަހުއެވެ.

https://www.facebook.com/share/1FDC3AzLV4/?mibextid=wwXIfr
ކޮމެންޓް
https://www.facebook.com/KOTHTHUHUTMALE?mibextid=LQQJ4d/