logo

ހަބީބް ކޮމިޝަނުން އިސްތިއުފާ ދިނީ ރައުދުއާ އާއިލީ ގުޅުން އޮންނާތީ

މަރްޔަމް މާޙީ

މަރްޔަމް މާޙީ

28 އޭޕްރީލު 2025 - 09:31
ހަބީބް ކޮމިޝަނުން އިސްތިއުފާ ދިނީ ރައުދުއާ އާއިލީ ގުޅުން އޮންނާތީ

SHARE

މާލޭގެ އިމާރާތަކުން ޒުވާން އަންހެނަކު ވެއްޓުނު މައްސަލައިގައި އެ މައްސލަަ އިންސާފުވެރިކަމާއެކު ތަހުގީގު ކުރަން ރައީސް ޑރ. މުހައްމަދު މުއިއްޒު އެކުލަވާލެއްވި ރިޔާސީ ކޮމިޝަނުން ޑރ. މުހައްމަދު ހަބީބް މިއަދު އިސްތިއުފާ ދެއްވައިފި އެވެ.

https://www.facebook.com/share/16DS9XEpfy/?mibextid=wwXIfr

މައުލޫމާތު ލިބިފައިވާގޮތުގައި ޑރ ހަބީބް ކޮމިޝަނުން އިސްތިއުފާދެއްވާފައި ވަނީ މައްސަލައިގައި ތުހުމަތު ކުރެވޭ، ރައުދު އަހްމަދު ޒިލާލް އާ އާއިލީ ގުޅުން އޮންނާތީއެވެ.

އެކުލަވާލެވުނު ކޮމިޝަނުގައި ހިމެނެނީ ހަބީބް ގެ އިތުރުން ދެ މެންބަރުންނެވެ. އެއީ ޑރ މުޙައްމަދު މުނައްވަރު އާއި ބްރިގޭޑިއަރ ޖެނެރަލް ރިޓަޔަޑް އަޙްމަދު މުޙައްމަދު އެވެ.

ހަބީބް އަކީ ރާއްޖޭގެ ނަން މަޝްހޫރު ކަށީގެ ޑޮކްޓަރެކެވެ. އޭނާ ކޮމިޝަނުން ވަކިވީ ކޮމިޝަން އެކުލަވާލިތާ ދެ ދުވަސް ފަހުންނެވެ.

https://www.facebook.com/share/1FDC3AzLV4/?mibextid=wwXIfr
ކޮމެންޓް
https://www.facebook.com/KOTHTHUHUTMALE?mibextid=LQQJ4d/