ފަސް މީހުންނާއެކު ދަތުރުކުރި ގައްދޫ ދޯންޏެއް ގެއްލިއްޖެ

ޢާލިމް އަބްދުއްލަތީފް

ގެއްލިގެން ހޯދާ ދޯނި
SHARE
ފަސް މީހުންނާއެކު ދަތުރުކުރި ގދ. ގައްދޫ ދޯންޏެއް ގެއްލިއްޖެ އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ ރޭ 8:00 ހާއިރު ގައްދުއިން ހުޅުމާލެއަށް ދަތުރުކުރި "ބްރިލިއަންޓް ކެރިއަރ" ނަމަކަށް ކިޔާ ދޯންޏަށް އެންމެފަހުން ގުޅިފައި ވަނީ ރޭ ދަންވަރު 2:40 ހާއިރު ކަމަށެވެ.
އެ ދޯނީގައި ތިބީ ފަސް މީހުންނެވެ. އެއީ ތިން ދިވެހީންނާއި ދެ ބިދޭސީން ކަމަށް ފުލުހުން ބުންޏެވެ.
އެ ދޯނި ގެއްލުނު މައްސަލަ ގައްދޫ ޕޮލިސް ސްޓޭޝަނަށް ހުށަހެޅީ މިއަދު ހަވީރު 6:00ގައެވެ. އެ މައުލޫމާތު މިހާރު ސިފައިންނަށް ދީފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.
އެ ދޯނި ހޯދުމުގެ މަސައްކަތް ސިފައިންނާއި ފުލުހުން އަންނަނީ ކުރަމުންނެވެ.
.png&w=3840&q=75)
އެ ދޯންޏާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ، ނެޝަނަލް އިމަޖެންސީ ނަންބަރު 911 އަށް ނުވަތަ އެންމެ ކައިރި ރަށެއްގެ ޕޮލިސް ސްޓޭޝަނަކަށް ގުޅައި އެ މައުލޫމާތު ހިއްސާކޮށްދިނުމަށް ފުލުހުން ވަނީ އެދިފައެވެ.