logo

އައިއައިޔޫއެމްގެ އޮނަރަރީ ޑޮކްޓަރޭޓްކަން ރައީސް މުއިއްޒަށް އަރުވައިފި

މަރްޔަމް މާޙީ

މަރްޔަމް މާޙީ

29 އޭޕްރީލު 2025 - 08:55
އައިއައިޔޫއެމްގެ އޮނަރަރީ ޑޮކްޓަރޭޓްކަން ރައީސް މުއިއްޒަށް އަރުވައިފި

SHARE

އިންޓަނޭޝަނަލް އިސްލާމިކް ޔުނިވާސިޓީ އޮފް މެލޭޝިއާ (އައިއައިޔޫއެމް)އިން އޮނަރަރީ ޑޮކްޓަރޭޓްގެ ޝަރަފު ރައީސް ޑރ މުހައްމަދު މުއިއްޒަށް މިއަދު އަރުވައިފިއެވެ.

https://www.facebook.com/share/16DS9XEpfy/?mibextid=wwXIfr

އެ ޝަރަފު ރައީސް އަށް އަރުވާފަައިވަނީ އެކަމަށްޓަކައި ހާއްސަކޮށް އައިއައިޔޫއެމްގައި މިއަދު ބޭއްވި ހާއްސަ ރަސްމިޔާތެއްގައެވެ. އިސްލާމިކް ލީޑާޝިޕް އަދި މަދަނީ ޑިވެލޮޕްމަންޓުގެ ދާއިރާއިން އޮނަރަރީ ޑިގްރީ އޮފް ޑޮކްޓާ އޮފް ފިލޯސަފީގެ ޝަރަފު ރައީސްއަށް އެރުއްވީ އައިއައިޔޫއެމްގެ ކޮންސްޓިޓިއުޝަނަލް ހެޑް އަޒާޒީ އައިމިނާ މައިމޫނާ އެވެ.

މިއީ އެ ޔުނިވާސިޓީ އިން ދިވެއްސަކަށް މި ޝަރަފު އެރުވި ފުރަތަމަ ފަހަރެވެ. މި ޝަރަފު ރައީސް މުއިއްޒަށް އަރުވާފައިވަނީ އެކަމާ ދެކޮޅަށް އެ ޔުނިވާސިޓީގެ އިސް ދަރިވަރުންތަކެއް ސިޓީ ވެސް ފޮނުވައިފައިވަނިކޮށެވެ. އެމީހުންގެ ސިޓީގައި އެކަމަށް ދެކޮޅު ހަދައި އެ ޝަރަފު އަރުވައިފި ނަމަ އެއީ ރާއްޖޭގެ ޖުޑިޝަރީ ސިސްޓަމަށް ދޭ ދެރައެއްކަމަށް ބުނެފައިވެއެވެ.

އެ ޔުނިވާސިޓީން އަކީ ގިނަ އަދަދެއްގެ ދިވެހި ދަރިވަރުން ދަސްވެނިވެފައިވާ ތަނެކެވެ. އެގޮތުން އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދާއި ޑރ. އަލީ ޒާހިރު އަދި ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރު ހުސްނުއްސައީދު ވެސް ހިމެނެއެވެ.

https://www.facebook.com/share/i6RNuxGJPMSa3aS3/?mibextid=LQQJ4d
https://www.facebook.com/share/1FDC3AzLV4/?mibextid=wwXIfr
ކޮމެންޓް
https://www.facebook.com/KOTHTHUHUTMALE?mibextid=LQQJ4d/