logo

ރައީސް މެލޭޝިއާއަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވައިލައްވައިފި

މަރްޔަމް މާޙީ

މަރްޔަމް މާޙީ

30 އޭޕްރީލު 2025 - 05:33
ރައީސް މެލޭޝިއާއަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވައިލައްވައިފި

SHARE

މެލޭޝިއާއަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ކުރެއްވި ފުރަތަމަ ރަސްމީ ދަތުރުފުޅު ނިންމަވާލައްވައި އެނބުރި ރާއްޖެ ވަަޑައިގެންފިއެވެ.

https://www.facebook.com/share/16DS9XEpfy/?mibextid=wwXIfr

މިއީ މެލޭޝިއާގެ ބޮޑުވަޒީރު އަންވަރު އިބްރާހިމްގެ ދައުވަތަކަށް ރައިސް މެލޭޝިއާއަށް ވަޑައިގެންނެވީ މި މަހުގެ 27 ވަނަ ދުވަހުއެވެ. މި ދަތުރުގެ ތެރެއިން ރައީސް ވަނީ މެލޭޝިއާގެ ސަރުކާރުގެ އިސްވެރިންނާ ބައްދަލުކުރައްވައި ދެ ގައުމުގެ ގުޅުން ބަދަހިކޮށް, މުހިންމު މަޝްވަރާތަކެއް ކުރައްވާފައެވެ. އަދި ފަސް ދާއިރާއަކުން ވަނީ އެއްބަސްވުންތަކެއް އެކުލަވާލާފައެވެ.

އެގޮތުން ޖުމްލަ ފަސް ދާއިރާއަކުން މީހުން ތަމްރީނުކޮށް އެ ދާއިރާތައް ކުރިއަރުވަން އެއްބަސްވުންތަކުގައި ސޮއި ކުރެވުނެވެ. އެއީ،

  1. ކުޅިވަރުގެ ދާއިރާ
  2. ސިއްހީ ދާއިރާ
  3. ޓޫރިޒަމް ދާއިރާ
  4. ޑިޕްލޮމެޓުން ތަމްރީނުކުރުން
  5. ފައިނޭސްޝަލް ސާވިސަސްގެ ދާއިރާ، އެވެ.

މީގެ އިތުރުން ޑިފެންސްގެ ދާއިރާއިން ވެސް މެލޭޝީއާ އޮންނަ ގުޅުން ބަދަހިކުރުމަށް ޝައުގުވެރިކަން އޮތް ކަން ރައީސް ވަނީ ހާމަކުރައްވާފައެވެ.

https://www.facebook.com/share/i6RNuxGJPMSa3aS3/?mibextid=LQQJ4d

މި ދަތުރުގައި އިންވެސްޓްމެންޓް ފޯރަމްގައި ބައިވެރިވެ ރާއްޖޭގައި އިންވެސްޓްކުރެވެންހުރި ފުރުސަތުތަކާ ބެހޭ މައުލޫމާތު މެލޭޝިއާގެ އިންވެސްޓަރުންނަށް ފޯރުކޮށްދެވުނެވެ. އަދި މެލޭޝިއާގައި ދިރިއުޅޭ ދިވެހިންނާ ބައްދަލުކުރައްވައި, އެ ބައްދަލު ކުރެއްވުމުގެ ތެރެއިން މެލޭޝިއާގައި ދިވެހި އައިޑީކާޑާއި ޕާސްޕޯޓް ހެދުމުގެ ހިދުމަތް ރަސްމީކޮށް ފައްޓަވައިދެއްވިއެވެ.

އަދި އިންޓަނޭޝަނަލް އިސްލާމިކް ޔުނިވާސިޓީ އޮފް މެލޭޝިއާ (އައިއައިޔޫއެމް)އިން އޮނަރަރީ ޑޮކްޓަރޭޓްގެ ޝަރަފު ވެސް ރައީސް ޑރ މުހައްމަދު މުއިއްޒަށް ވަނީ އަރުވައިފައެވެ.

https://www.facebook.com/share/1FDC3AzLV4/?mibextid=wwXIfr
ކޮމެންޓް
https://www.facebook.com/KOTHTHUHUTMALE?mibextid=LQQJ4d/