logo

ސްޕާކްހަބްގެ 'ލީން ސްޓާޓްއަޕް ލެބް' ކާމިޔާބުކަމާއެކު މެލޭޝިއާގައި ބާއްވައިފި

މިރާޝް މޫސާ

26 މޭ 2026 - 12:11
ސްޕާކްހަބްގެ 'ލީން ސްޓާޓްއަޕް ލެބް' ކާމިޔާބުކަމާއެކު މެލޭޝިއާގައި ބާއްވައިފި

SHARE

ދިވެހިރާއްޖޭގެ ސްޓާޓްއަޕް އީކޯސިސްޓަމް ބިނާކުރުމުގައި މަސައްކަތްކުރާ ސްޕާކްހަބްގެ ފްލެގްޝިޕް ޕްރޮގްރާމް ކަމަށްވާ 'ލީން ސްޓާޓްއަޕް ލެބް' ބައިނަލްއަގުވާމީ މައިދާނަށް ތައާރަފްކޮށް، އޭގެ ފުރަތަމަ ބޫޓްކޭމްޕް މެލޭޝިއާގައި ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ.

https://www.facebook.com/profile.php?id=100068970763489&mibextid=ZbWKwL

މި މަހުގެ 23 އިން 26 އަށް ކުރިއަށްދިޔަ މި ހަރަކާތަކީ މެލޭޝިއާގައި ކިޔަވަމުންދާ ދިވެހި ދަރިވަރުންނަށް އަމާޒުކޮށްގެން ބޭއްވި ޚާއްސަ ޕްރޮގްރާމެކެވެ.

މި ބޫޓްކޭމްޕްގައި މެލޭޝިއާގެ ނަން މަޝްހޫރު ހަތަރު ޔުނިވާސިޓީއަކުން 30 ދަރިވަރުން ބައިވެރިވިއެވެ. އޭގެ ތެރޭގައި އޭޝިއާ ޕެސިފިކް ޔުނިވާސިޓީ (އޭޕީޔޫ)، ސަންވޭ ޔުނިވާސިޓީ، ޓޭލާސް ޔުނިވާސިޓީ އަދި މޮނާޝް ޔުނިވާސިޓީ ހިމެނެއެވެ. މި އިވެންޓް އިންތިޒާމްކޮށްފައިވަނީ އޭޕީޔޫ އާއި އެ ޔުނިވާސިޓީގެ މޯލްޑިވްސް ސްޓޫޑެންޓްސް އެސޯސިއޭޝަނާ ގުޅިގެންނެވެ.

ލީން-ސެޓިފައިޑް ޓްރެއިނާ ދަނީޝް އާތިފް އިސްކޮށް ހުންނަވައިގެން ކުރިއަށް ގެންދިޔަ މި 48 ގަޑިއިރުގެ ފޯރިގަދަ ވޯކްޝޮޕްގައި، އަމަލީ މައިދާނުގައި ވިޔަފާރިއެއް ފެށުމަށް ބޭނުންވާ މުހިންމު ހުނަރުތައް ދަރިވަރުންނަށް ދަސްކޮށްދީފައިވެއެވެ.

މީގެ އިތުރުން ރާއްޖޭގެ މަޝްހޫރު އަދި ހުނަރުވެތި ޓައިޕޯ އާޓިސްޓް ޢަބްދުﷲ ޝަފީއު (އަބޯ) ވަނީ 'އަކުރު ޓައިޕް' ސްޓާޓްއަޕްގެ ކޭސް ސްޓަޑީއެއް ހުށަހަޅައިދީފައެވެ. އަދި ޝާފިއު ޙުސައިން ވަނީ އޭއައި ބޭނުންކޮށްގެން ރެޕިޑް ޕްރޮޓޯޓައިޕިންގް އާ ގުޅޭ ސެޝަނެއް ކުރިއަށް ގެންގޮސްފައެވެ.

undefinedScreenshot

ސްޕާކްހަބްގެ ކޯ-ފައުންޑާ އަދި ސީއީއޯ ޙުސައިން ޖިނާން ވިދާޅުވި ގޮތުގައި، މިއީ އެ ކުންފުނީގެ ޕްރޮގްރާމްތައް ބައިނަލްއަގުވާމީ ފެންވަރަށް ފުޅާކުރުމަށް އެޅުނު މުހިންމު ފިޔަވަޅެކެވެ.

އަދި ކުރިމަގުގައި މިފަދަ އިތުރު ހަރަކާތްތައް ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ތިބި ދިވެހި މުޖުތަމައުތަކަށް އަމާޒުކޮށްގެން ހިންގުމަށް ރާވާފައިވާ ކަމަށްވެސް އޭނާ ފާހަގަކުރެއްވިއެވެ.

މި ޕްރޮގްރާމްގެ ސަބަބުން ދަރިވަރުންނަށް މާކެޓްގެ ހަގީގީ ބޭނުންތައް ދެނެގަނެ، އައު އީޖާދުތައް އުފެއްދުމަށް ބޭނުންވާ 'އެންޓްރަޕްރިނޫރިއަލް މައިންޑްސެޓް' ނުވަތަ ވިޔަފާރިވެރި ވިސްނުން ތަރައްގީކުރުމަށް ބޮޑު އެހީތެރިކަމެއް ލިބިގެންދިޔަ ކަމަށް ސްޕާކް ހަބްއިން ބުންޏެވެ.

ކޮމެންޓް
https://www.facebook.com/KOTHTHUHUTMALE?mibextid=LQQJ4d