އެމްއެމްއޭގެ ޑެޕިއުޓީ ގަވަރުނަރަކަށް އަސްނާގެ ނަން މަޖިލީހަށް ފޮނުވައިފި

މަރްޔަމް މާޙީ

ފޮޓޯ: ސަން
SHARE
މޯލްޑިވްސް މޮނިޓޮރީ އޮތޯރިޓީ (އެމްއެމްއޭ)ގެ ޑެޕިއުޓީ ގަވަރުނަރަކަށް އައިޝަތު އަސްނާ ހަމްދީގެ ނަން މަޖިލީހަށް ރައީސް ޑރ މުހައްމަދު މުއިއްޒު ފޮނުއްވައިފިއެވެ.

ޑެޕިއުޓީ ގަވަރުނަރުގެ މަގާމް ހުސްވެފައިވަނީ, އެ މަގާމުގައި ހުންނެވި އަހްމަދު އިމާދު އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ. އޭނާ އިސްތިއުފާދިނީ މަސައްކަތަށް ހުރަސްއަޅައި, އޭނާގެ އެއްބާރުލުން ނުލިބޭ ކަމަށް ބުނެ, އިތުބާރު ނެތް ކަމުގެ މައްސަލަ އެއް މާލިއްޔަތު ކޮމިޓީ އިން ބަލަމުން ދަނިކޮށެވެ.
އަސްނާ އަކީ މިވަގުތު އެމްއެމްއޭގެ މެނޭޖިން ޑިރެކްޓާގެ މަގާމުގައި ހުންނެވި ބޭފުޅެކެވެ. އަދި އޭގެ ކުރިން އެކްސްސެކިއުޓިވް މެނޭޖަރެއްގެ މަގާމު ވެސް އަދާކުރެއްވިއެވެ.
މަޖިލީހުގެ މިއަދުގެ ޖަލްސާގައި މި މައްސަލަ ވަނީ މަޖިލީހުގެ ތަޅުމަށް ހުށައަޅައިފައެވެ. އަދި މި މައްސަލަ ދިރާސާ ކުރަން މާލިއްޔަތު ކޮމިޓީ އަށް ވަނީ މިހާރު ފޮނުވައިފައެވެ.