logo

ޖުޑިޝަރީއަށް, މިނިވަން މުއައްސަސާއަކަށް ނުފޫޒު ފޯރުވައިފައެއް ނޯންނާނެ: ރައީސް

މަރްޔަމް މާޙީ

މަރްޔަމް މާޙީ

3 މޭ 2025 - 08:32
ޖުޑިޝަރީއަށް, މިނިވަން މުއައްސަސާއަކަށް ނުފޫޒު ފޯރުވައިފައެއް ނޯންނާނެ: ރައީސް

ރައީސް ޑރ. މުހައްމަދު މުއިއްޒު ---

SHARE

ޖުޑިޝަރީއަށް ވެސް މިނިވަން މުއައްސަސާއަކަށް ވެސް ނުފޫޒް ފޯރުވައިފައި ނުވާނެ ކަމަށް ރައީސް ޑރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

https://www.facebook.com/share/16DS9XEpfy/?mibextid=wwXIfr

މިހާރު ރައީސް އޮފީހުގައި ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިއަކަށް ޖަވާބު ދެއްވަމުން ރައީސް ޑރ މުހައްމަދު މުއިއްޒު ވިދާޅުވީ ނޫސްވެރިން ވެސް ތެދުބަހުން ވާހަކަ ދައްކަން ޖެހޭނެ ކަމަށާއި, ތަނަކުން ލިބޭހާ މައުލޫމާތަކީ ތެދު މައުލޫމާތަށް ނުވެދާނެކަމަށެވެ. އަދި ތެދުބަހުން ވާހަކަ ދެއްކުމަކީ ކޮންމެ މިހެއްގެ ވެސް ޒިންމާ އެއްކަން ރައީސް ވަނީ ފާހަގަ ކުރައްވާފައެވެ.

'އަޅުގަނޑު ޖުޑިޝަރީ އަކަށް ނުފޫޒެއް ނުފޯރުވާނަން. ތިބޭފުޅުންގެ ޖަޖްމަންޓުގައި ލިސްޓު ކޮށްލައިފައި ތި ވިދާޅުވަނީ އަޅުގަނޑު ޖުޑިޝަރީއަށް ނުފޫޒު ފޯރުވާކަމަށް. އަޅުގަނޑު ދުވަހަކުވެސް ޖުޑިޝަރީއަކަށް ނުފޫޒެއް ނުފޯރުވަން,' ރައީސް ވިދާޅުވިއެވެ.

އެގޮތުން މާލޭ ސިޓީގެ ކުރީގެ ޑެޕިއުޓީ މޭޔަރު އަހްމަދު ނަރީޝް މިނިސްޓަރު ފެންވަރުގައި ޔޫތު މިނިސްޓަރުގެ އެޑްވައިޒަރު ކަމަށް އައްޔަން ކުރި ފަހުން ރައީސް ޔާމީންގެ މައްސަލައަކަށް ނަރީޝް ވަނީ ވަނީ ހެކިބަސް ދޭން އިއުތިރާޒުކުރާ ކަމަށް ވިދާޅުވެފައެވެ. މިކަމާ ގުޅިގެން ރައީސް ވިދާޅުވީ ހެކި ބަސް ނުދޭން ނިންމެވިކަން އެނގިވަޑައިގަތީ މަގާމް މާކުރިން ދެއްވައި ނިމިފައި ވަނިކޮށް ކަމަށާއި, އެކަމާގުޅޭ މައުލޫމާތެއް ދެނެވަޑައިނުގަންނަވާ ކަަމަށް ވިދާޅުވެފައެވެ. އަދި ފުއްގިރި މައްސަލައިގެ ދައުވާ އެއް އޮތްކަން އެނގުނީ ނޫހަކުން ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

މީގެ އިތުރުން ރައީސް މުއިއްޒު ވިދާޅުވީ މިނިސްޓަރުންނާއި އެމްޑީން އައްޔަން ކުރައްވަނީ އެމަނިކުފާނު ކަމަށާއި އެމީހުންގެ މައްޗަށް އެމަނިކުފާނަށް ނުފޫޒު ފޯރުވޭނެ ކަމަށެވެ. އަދި ގާނޫނާއި ގަވާއިދަށް ފެތޭހާ ހިނދަކު އެމަނިކުފާނު ވިދާޅުވާ ގޮތަށް މިނިސްޓަރުން އަމަލު ކުރަން ޖެހޭނެ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

https://www.facebook.com/share/i6RNuxGJPMSa3aS3/?mibextid=LQQJ4d

އެއަށްފަހު އެހެން ނޫސްވެރިޔަކު ގޮނޑި ގެއްލޭ މައްސަލަ އާއި ފަނޑިޔާރުންގެ މައްސަލަ ބަަލަން ފެށި ދަނޑިވަޅުގައި ރައީސް އައްޔަން ކުރައްވާފައިވާ މެންބަރު ބަދަލުވުން އެއީ އިއްތިފާގެއްތޯ އެހުމުން ރައީސް ވިދާޅުވީ އެއީ ހަގީގަތުގައި ވެސް އިއްތިފާގެއް ކަމަށެވެ.

"އެއީ ހަމަ އިއްތިފާގެއް. ކުރިއަކުން ނޭނގޭ އެކަހަލަ ކަމެއް އަންނަން އުޅޭކަމެއް," ރައީސް ވިދާޅުވިއެވެ.

އަދި އެ ވަގުތަށް އެ މަގާމުގައި ހުންނެވި ބޭފުޅާ ބަދަލު ކުރަން ނިންމައިފައިވާ ނިންމުމެއް ތަންފީޒު ކުރެއްވީކަން ވެސް ރައީސް ފާހަގަ ކުރެއްވިއެވެ.

އެމަނިކުފާނު ވަނީ ޖުޑިޝަަރީއަށް ނުފޫޒު ފޯރުވި ކަމަށް ބުނާ ބަޔަކަށް ޗެލެންޖު ކުރައްވާނެ ކަމަށް ވިދާޅުވެފައެވެ.

/

https://www.facebook.com/share/1FDC3AzLV4/?mibextid=wwXIfr
ކޮމެންޓް
https://www.facebook.com/KOTHTHUHUTMALE?mibextid=LQQJ4d/