logo

ފޮރިން ސެކްރެޓަރީގެ މަގާމުގައި ހުންނެވި އިނާޔާ އެ މަގާމުން ވަކިކޮށްފި

މަރްޔަމް މާޙީ

މަރްޔަމް މާޙީ

5 މޭ 2025 - 07:42
ފޮރިން ސެކްރެޓަރީގެ މަގާމުގައި ހުންނެވި އިނާޔާ އެ މަގާމުން ވަކިކޮށްފި

SHARE

ފޮރިން ސެކްރެޓަރީގެ މަގާމުގައި ހުންނެވި ފާތިމަތު އިނާޔާ އެ މަގާމުން މިއަދު ވަކިކުރައްވައިފިއެވެ.

https://www.facebook.com/share/16DS9XEpfy/?mibextid=wwXIfr

އިނާޔާ އަކީ ރާއްޖޭގެ ފުރަތަމަ އަންހެން ފޮރިން ސެކްރެޓަރީ އެވެ. މި މަގާމުން އިނާޔާ ވަކިވެފައިވީ ނަމަވެސް ފޮރިން މިނިސްޓްރީގެ ސެކްރެޓަރީގެ މަގާމުގައި އަދިވެސް ދެމިހުންނަވާނެ ކަމަށް ވިދާޅުވެފައި ވެއެވެ.

ސްޓޭޓް މިނިސްޓަރުންގެ ފެންވަރުގައި ފޮރިން ސެކްރެޓަރީގެ މަގާމަށް އިނާޔާ އައްޔަންކުރީ 12 ޑިސެންބަރު 2023 ގައެވެ.

ފޮރިން ސެކްރެޓަރީގެ މަގާމަށް ވަޑައިގަތުމުގެ ކުރިން އިނަޔާ ހުންނެވީ ފޮރިން މިނިސްޓްރީގެ ޑެފިއުޓީ މިނިސްޓަރުގެ މަގާމުގައެވެ. އަދި އޭގެ ކުރިން ސިންގަޕޫރާއި ތައިލެންޑުގެ ނޮން ރެސިޑެންޝަލް ސަފީރެއްގެ ގޮތުގައި ވެސް އިނާޔާ ހުންނެވިއެވެ.

އިނާޔާ ވަނީ އޮސްޓްރޭލިއާގެ ޔުނިވާސިޓީ އޮފް ސިޑްނީން އިންޓަނޭޝަނަލް ރިލޭޝަންސް އެންޑް އެފެއާޒް އިން މާސްޓާސް ޑިގްރީ ހާސިލް ކުރައްވައިފަ އެވެ.

https://www.facebook.com/share/i6RNuxGJPMSa3aS3/?mibextid=LQQJ4d

https://www.facebook.com/share/1FDC3AzLV4/?mibextid=wwXIfr
ކޮމެންޓް
https://www.facebook.com/KOTHTHUHUTMALE?mibextid=LQQJ4d/