logo

8.8 ބިލިއަން ޑޮލަރުގެ ފައިނޭންޝަލް ސެންޓަރެއް ރާއްޖޭގައި ގާއިމްކުރަނީ

މިރާޝް މޫސާ

4 މޭ 2025 - 22:39
8.8 ބިލިއަން ޑޮލަރުގެ ފައިނޭންޝަލް ސެންޓަރެއް ރާއްޖޭގައި ގާއިމްކުރަނީ

ރާއްޖޭގައި ތަރައްގީކުރަން ނިންމާފައިވާ ފައިނޭންޝަލް ސެންޓަރުގެ ކުރެހުމެއް

SHARE

ރާއްޖޭގައި ދުވަހަކު ވެސް ނުހިންގާ ތަރައްގީގެ ބިޔަ މަޝްރޫއެއް ހިންގުމަށް ގަތަރުގެ ޝާހީ އާއިލާގެ ބޭފުޅެއް ކަމަށްވާ ޝޭޚް ނާއިފް ބިން އީދު އަލް ތާނީގެ ކުންފުންޏާއެކު ސަރުކާރުން އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

https://www.facebook.com/share/16DS9XEpfy/?mibextid=wwXIfr

އެމްބީއެސް ގްލޯބަލް އިންވެސްޓްމަންޓްސް ކުންފުންޏާއި ދިވެހި ސަރުކާރާ ގުޅިގެން ހިންގާ އެ މަޝްރޫއު އިފްތިތާހު ކުރުމަށް މިރޭ ކުރުނބާ މޯލްޑިވްސްގައި ބޭއްވި ހަފްލާގައި ރައީސް ޑރ. މުހައްމަދު މުއިއްޒާއި ޝޭޚް ނާއިފް ވެސް ބައިވެރިވެވަޑައިގަތެވެ.

އެ އެއްބަސްވުމުގައި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ފިނޭންސް މިނިސްޓަރު މޫސާ ޒަމީރެވެ. އެމްބީއެސް ގްލޯބަލް އިންވެސްޓްމަންޓުގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ ޗެއާމަން މަރްވާން އަލްހަޖޭރީއެވެ.

ޔޫއޭއީ އާއި ސައުދީ އަރަބިއްޔާގެ އިތުރުން ބައެއް އެހެން ގައުމުތަކުގެ ގިނަ ވިޔަފާރިވެރިންތަކެއް ވަނީ 8.8 ބިލިއަން ޑޮލަރުގެ މި މަޝްރޫއުގައި ބައިވެރިވާން ނިންމައި ރައީސް މުއިއްޒަށް ޚާއްސަ ސިޓީއެއް އަރުވާފައެވެ.

undefinedފައިނޭންޝަލް ސެންޓަރު ގާއިމްކުރުމުގެ އެއްބަސްވުމުގައި ސޮއިކުރުމަށްފަހު ދެ ފަރާތުން އެއްބަސްވުން ބަދަލުކުރަނީ --- ފޮޓޯ: ރައީސް އޮފީސް

https://www.facebook.com/share/i6RNuxGJPMSa3aS3/?mibextid=LQQJ4d

މި މަޝްރޫއު ކުރިއަށްގެންދާނެ ތަނެއް ސަރުކާރުން އަދި ހާމައެއްނުކުރެއެވެ.

މޯލްޑިވްސް އިންޓަނޭޝަނަލް ފައިނޭންޝަލް ސެންޓަރު (އެމްއައިއެފްސީ) އިން ނެރުނު ބަޔާނެއްގައި ވަނީ މި މަޝްރޫއު ހިންގަނީ ޖުމްލަ 780،000 އަކަމީޓަރުގެ ސަރަހައްދެއްގައި ކަމަށެވެ.

މަސައްކަތް ފަށާތާ ފަސް އަހަރުގެ ތެރޭގައި އެ ސެންޓަރު ގާއިމްކޮށް ނިންމަންޖެހެއެވެ. އެ ސެންޓަރު ގާއިމްކޮށް ނިމުމުން 6،500އަށް ވުރެ ގިނަ މީހުންނަށް އެތަނުގައި ދިރިއުޅެވޭނެއެވެ. އަދި އެ ސެންޓަރަށް ދުވާލަކު 35،000 މީހުން ޒިޔާރަތްކުރާނެ ކަމަށް ލަފާލުރެވެއެވެ.

/

އެ ސެންޓަރު ގާއިމްކޮށް ނިމޭއިރު 3،500 މީހުންގެ ޖާގައިގެ އެންމެ ޒަމާނީ ކޮންފަރެންސް ސެންޓަރެއް އެތަނުގައި ހުންނާނެއެވެ. އެ ކޮންފަރެންސް ސެންޓަރުގައި ބައިނަލްއަގުވާމީ ފެންވަރުގެ ކޮންފަރެންސްތަކާއި ސަގާފީ ހަރަކާތްތަކާއި އާ އީޖާދުތަކަށް މަގުފަހިކުރާ ހެކަތޯންތައް ބާއްވާނެ ކަމަށް އެމްއައިއެފްސީން ބުންޏެވެ.

ފެންވަރު ރަނގަޅު ތައުލީމީ ވަސީލަތްތައް ހިމެނޭ ބައިނަލްއަގުވާމީ ސްކޫލެއް ވެސް މި މަޝްރޫއުގެ ދަށުން ގާއިމްކުރާނެއެވެ.

undefinedރާއްޖޭގައި ތަރައްގީކުރަން ނިންމާފައިވާ ފައިނޭންޝަލް ސެންޓަރުގެ ކުރެހުމެއް

މި މަޝްރޫއުގެ ދަށުން ގާއިމް ކުރާ އިތުރު ތަންތަން

  1. ބައިނަލްއަގުވާމީ އޮފީސްތަކަށް ޚާއްސަ ތިން އޮފީސް ޓަވަރު
  2. މޫދު ކައިރީގައި ތަރައްގީކުރާ މަތީ ފެންވަރުގެ ގެތައް
  3. ދުނިޔޭގެ ނަން މަޝްހޫރު ހޮޓާތައް
  4. މަތީ ފަންތީގެ ފިހާރަތައް
  5. އޯޝަނޮގްރަފިކް މިއުޒިއަމެއް
  6. ދުނިޔޭގެ ފެންވަރުގެ ކުޅިވަރާ ބެހޭ ތަންތަން
  7. ދުޅަހެޔޮކަމުގެ އެންމެ ޒަމާނީ މަރުކަޒުތައް
  8. މިސްކިތެއް

އެ މަޝްރޫއުގެ ދަށުން އިންވެސްޓްކުރާ ކުންފުނިތަކުން ޓެކްސް ދައްކާކަށް ނުޖެހޭނެއެވެ. އެ ސެންޓަރުން ލިބޭ ޚިދުމަތްތަކުގެ ތެރޭގައި ފައިސާގެ އެކި މުއާމަލާތްކުރެވޭ ބޭންކިން އަދި އޮފްޝޯ ބޭންކިންގެ ހިދުމަތް ހިމެނެއެވެ.

undefinedރާއްޖޭގައި ތަރައްގީކުރަން ނިންމާފައިވާ ފައިނޭންޝަލް ސެންޓަރުގެ ކުރެހުމެއް

އެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ރައީސް މުއިއްޒު ވިދާޅުވީ އެ މަޝްރޫއާއެކު ރާއްޖެ ތަރައްގީވެފައިވާ ގައުމަކަށް 2040ވަނަ އަހަރު ވުމުގެ ބިންގާ އެޅިގެން ދިޔައީ ކަމަށެވެ.

"އަޅުގަނޑުމެން މި ދަތުރުފަށާއިރު، މިއީ ޔަޤީންކަމާއި ސާފު، އަދި ދުރު ފެންނަ މިސްރާބަކަށް ފަށާ ދަތުރެއް. މިއަދު ފެށިގެން މިދާ މަސައްކަތަކީ އަޅުގަނޑުމެންގެ ފައިވާނަށް ވުރެ މާ ދުރަށް ގުގުމާލާނެ މަސައްކަތެއް. އަޅުގަނޑު ގޮވާލަން ބައިނަލްއަޤްވާމީ އިންވެސްޓަރުންނާއި ފިކުރުކުރާ ފަރާތްތަކަށް. މާލީ ދާއިރާގެ މުސްތަޤުބަލު މިއޮތީ ރާއްޖޭގައި. މިއީ ދެމެހެއްޓެނިވި ވަށާޖެހޭ އިންސާނީ ވަންތަކަން ދަމަހައްޓާ މަޝްރޫއުއެއް. މިއީ ރާއްޖޭގެ ބައިނަލްއަޤްވާމީ މާލީ މަރުކަޒު" ރައީސް ވިދާޅުވިއެވެ.

https://www.facebook.com/share/1FDC3AzLV4/?mibextid=wwXIfr
ކޮމެންޓް
https://www.facebook.com/KOTHTHUHUTMALE?mibextid=LQQJ4d/