logo

އެސްޓީއޯއިން މައްސަލަ ބެލުމުން މަދަނީ އަބްދުﷲގެ ކޮރަޕްޝަން މައްސަލައެއް ނެތްކަން އެނގިއްޖެ: ރައީސް

މިރާޝް މޫސާ

4 މޭ 2025 - 17:36
އެސްޓީއޯއިން މައްސަލަ ބެލުމުން މަދަނީ އަބްދުﷲގެ ކޮރަޕްޝަން މައްސަލައެއް ނެތްކަން އެނގިއްޖެ: ރައީސް

SHARE

މޯލްޑިވް ގޭސްއިން ރާއްޖެއަށް ގޭސް އެތެރެކުރުމަށް އެޑްވާންސްގެ ގޮތުގައި ދެއްކި ފައިސާ ވީނުވީއެއް ނޭނގި ގެއްލިފައިވާ މައްސަލާގައި ތުހުމަތު ކުރެވޭ ކޮރަޕްޝަންގެ މައްސަލާގައި އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ މުހައްމަދު (މަދަނީ އަބްދުﷲ)ގެ މައްސަލައެއް ނެތްކަން އެނގިފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

https://www.facebook.com/share/16DS9XEpfy/?mibextid=wwXIfr

އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިއަކު ކުރި ސުވާލެއްގެ ޖަވާބުގައި ރައީސް ވިދާޅުވީ އެސްޓީއޯއިން އެ މައްސަލަ ބެލިއިރު، މަދަނީ އަބްދުﷲގެ މައްސަލައެއް ނެތްކަން އެނގިފައިވާ ކަމަށެވެ. ނަމަވެސް އެ މައްސަލައިގެ އިތުރު ތަފްސީލް އެމަނިކުފާނު ހާމައެއްނުކުރެއެވެ.

މޯލްޑިވް ގޭސްއިން ރާއްޖެއަށް ގޭސް އެތެރެކުރުމަށް އެޑްވާންސްގެ ގޮތުގައި ދެއްކި ފައިސާ ވީނުވީއެއް ނޭނގި ގެއްލިފައިވާ މައްސަލަ މީޑިއާގެ ސަމާލުމަމަށް ބޮޑަށް އައީ މާލިއްޔަތު ކޮމިޓީގައި ވާހަކަދައްކަވަމުން ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަހްމަދު ނާޒިމް އެ ވާހަކަ ދެއްކެވުމުންނެވެ.

ނާޒިމް ވިދާޅުވީ އެއީ މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ ތެރޭގައި ލިކުއިފައިޑް ޕެޓްރޯލިއަމް ގޭސް (އެލްޕީޖީ) ޝިޕްމަންޓަކަށް ދެއްކި އެޑްވާންސް ފައިސާ ކަމަށެވެ. "ނުކުތާ"އަށް އެނގިފައިވާގޮތުގައި ރާއްޖެއަށް 1000 މެޓްރިކް ޓަނުގެ ގޭސް ޝިޕްމެންޓެއް ގެނައުމަށް ބޭރުގެ ކުންފުންޏަކަށް އެޑްވާންސްގެ ގޮތުގައި ދީފައި ވަނީ 260،000 ޑޮލަރެވެ. ނަމަވެސް އެ ކުންފުނިން ރާއްޖެއަށް ގޭސް ފޮނުވާފައެއްނުވެއެވެ.

"އެ ފައިސާ ހޯދުމުގެ ކަންތަކުގައި ވެސް އެއްވެސް ކާމިޔާބެއް ނުލިބި މިހާރު މި ދިޔައީ،" ނާޒިމް ވިދާޅުވިއެވެ.

https://www.facebook.com/share/i6RNuxGJPMSa3aS3/?mibextid=LQQJ4d

މިފަދަ ކަންތައްތައް ދިމާވާތީ ކުންފުނިތަކަށް ބޭނުންވާ ތަކެތި ގަތުމުގައި އަމަލުކުރާ އެންމެހައި ސިޔާސަތުތައް ޕީސީބީގެ ގަވާއިދުތަކާ އެއްގޮތަށް ހުރިތޯ ޔަގީން ކުރަން ޖެހޭ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

އެ މައްސަލަ ބަލާ ނިމެންދެން ގޭސް ގަތުމުގެ ކަންކަން އެސްޓީއޯގެ ދަށަށް ބަދަލުކުރިއެވެ.

https://www.facebook.com/share/1FDC3AzLV4/?mibextid=wwXIfr
ކޮމެންޓް
https://www.facebook.com/KOTHTHUHUTMALE?mibextid=LQQJ4d/