logo

ދުންފަތާ ދުރުވަންޏާ، އަޅުގަނޑުދެކެ ރުޅި އަޔަސް ހެޔޮ: ރައީސް

މިރާޝް މޫސާ

3 މޭ 2025 - 07:57
ދުންފަތާ ދުރުވަންޏާ، އަޅުގަނޑުދެކެ ރުޅި އަޔަސް ހެޔޮ: ރައީސް

ރައީސް ޑރ. މުހައްމަދު މުއިއްޒު ---

SHARE

ދުންފަތުގެ އިސްތިއުމާލު ކުރުމާ ދުރުވާނަމަ، އެމަނިކުފާނު ދެކެ ރުޅިއަޔަސް މައްސަލައެއް ނެތް ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

https://www.facebook.com/share/16DS9XEpfy/?mibextid=wwXIfr

ރައީސް އޮފީހުގައި މިހާރު ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ރައީސް ވިދާޅުވީ، ދުންފަތުން ރައްޔިތުން ދުރުކުރުމަށް ސަރުކާރުން މިހާރު އަޅާފައިވާ ފިޔަވަޅުތަކުގެ ފައިދާ ކުރިއަށް އޮތް ދުވަސްތަކުގައި ފެންނާނެ ކަމަށެވެ.

އެގޮތުން، ވޭޕް މަނާ ކުރުމާއި، ދުންފަތުގެ ޑިއުޓީ ބޮޑުކުރުން އަދި ޖެނެރޭޝަނަލް ބޭން ފަދަ ސިޔާސަތުތަކުގެ ސަބަބުން ބޮޑު އާބާދީއެއް ދުންފަތުގެ ވަބާއަށް ދިއުމުން ދުރުހެލި ކުރެވޭ ކަމަށެވެ. އަދި އެ ފިޔަވަޅުތަކުގެ ސަބަބުން މިހާރު ވެސް ގިނަ ބަޔަކު ދުންފަތުގެ އިސްތިއުމާލުކުރުން ހުއްޓާލަމުންދާ ކަމަށެވެ.

"ސިނގިރޭޓު އަގުބޮޑުވީމަ އަމިއްލައަށް ހުއްޓާލާ މީހުން ވެސް ވަރަށް ގިނަ އިނގޭތޯ، ދެން ކުޑަކޮށް އަޅުގަނޑުދެކެ ރުޅި އައިސްގެން ނަމަވެސް ހުއްޓާލާ އެބަ. އަޅުގަނޑަށް އޯކޭ އަޅުގަނޑު ދެކެ ރުޅިއަޔަސް، އެކަމުން ދުރުވަންޏާ އިނގޭތޯ" ރައީސް ވިދާޅުވިއެވެ.

ރައީީސް ވިދާޅުވީ އެ ސިޔާސަތުތަކުގެ އަމާޒަކީ ދުންފަތާ ދުރު، ދުޅަހެޔޮ މުޖުތަމައެއް ބިނާކުރުން ކަމަށެވެ.

https://www.facebook.com/share/i6RNuxGJPMSa3aS3/?mibextid=LQQJ4d
https://www.facebook.com/share/1FDC3AzLV4/?mibextid=wwXIfr
ކޮމެންޓް
https://www.facebook.com/KOTHTHUHUTMALE?mibextid=LQQJ4d/