logo

އެމްޑީއޭ އިން ސަރުކާރު ކޯލިޝަނުން ވަކިވެއްޖެ

ސައިފުﷲ އަލީ

4 މޭ 2025 - 12:08
އެމްޑީއޭ އިން ސަރުކާރު ކޯލިޝަނުން ވަކިވެއްޖެ

SHARE

ރާއްޖޭގެ މަޝްހޫރު ވިޔަފާރިވެރިޔާ އަދި ރައްޔިތުންގެ މަޖިލީހުގެ ދ. މީދޫ ދާއިރާގެ މެންބަރު އަހްމަދު ސިޔާމް މުހައްމަދު ރައީސްކަން ކުރައްވާ މޯލްޑިވްސް ޑިވެލޮޕްމަންޓް އެލަޔަންސް (އެމްޑީއޭ)އިން މި ސަރުކާރުގެ ކޯލިޝަނުން ވަކިވެއްޖެއެވެ.

https://www.facebook.com/share/16DS9XEpfy/?mibextid=wwXIfr

ރައީސް ޑރ. މުހައްމަދު މުއިއްޒު އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވަނީ މިކަން ހާމަކުރައްވާފައެވެ.

ރައީސް މުއިއްޒު ވިދާޅުވީ އެމްޑީއޭ ސަރުކާރު ކޯލިޝަނުން ވަކިވީ އެކި ކަންކަމުގައި އުފެދުނު ބައެއް ޚިޔާލު ތަފާތުވުންތަކާ ގުޅިގެން ކަމަށެވެ. ނަމަވެސް އެކަމުގެ ތަފްސީލެއް އެމަނިކުފާނު ނުދެއްވައެވެ.

"ކޮންމެވެސް ވަރަކަށް ޚިޔާލު ތަފާތުވުންތަކާއި މައްސަލަ، މައްސަލައެއް ނޫން. ކޮންމެވެސް ވަރަކަށް ހިޔާލު ތަފާތުވުންތައް ބައެއް ކަންކަމުގައި، ބައެއް މައްސަލަތަކުގައި އެގޮތަށް ދިމާވި،" ނޫސްވެރިއަކު ކުރި ސުވާލެއްގެ ޖަވާބުގައި ރައީސް ވިދާޅުވިއެވެ.

ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުގައި އެމްޑީއޭ އިން ކޯލިޝަން ހެދީ އޭރު ވެރިކަންކުރި އެމްޑީޕީއާއެވެ. އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް އަދި އޭރުގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހާއެކު ވެސް އެމްޑީއޭގެ އިސްވެރިން އެކި ރަށްރަށަށް ވަޑައިގެން ކެމްޕޭންގައި އިސްކޮށް އުޅުއްވާފައިވެއެވެ.

https://www.facebook.com/share/i6RNuxGJPMSa3aS3/?mibextid=LQQJ4d

ނަމަވެސް ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގައި ކޯލިޝަން އެއްބަސްވުން ނިމުމަކަށް ގެނެސް ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ރައީސް ޑރ. މުހައްމަދު މުއިއްޒާއެކު ކޯލިޝަން ހަދަން އެ ޕާޓީން ނިންމިއެވެ.

ސަރުކާރު ކޯލިޝަނުން ވަކިވާންޖެހިދާނެ ކަމުގެ އިންޒާރު މިދިޔަ ފެބްރުއަރީ މަހުގެ ތެރޭގައި އެމްޑީއޭގެ ނައިބު ރައީސް އަދި ވެލިދޫ ދާއިރާގެ މެންބަރު މުހައްމަދު އައްބާސް ދެއްވިއެވެ.

https://www.facebook.com/share/1FDC3AzLV4/?mibextid=wwXIfr
ކޮމެންޓް
https://www.facebook.com/KOTHTHUHUTMALE?mibextid=LQQJ4d/