
SHARE
އެޑިޔުކޭޝަން މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އާމިނަތު މުނާ އިސްތިއުފާދެއްވައިފިއެވެ.

މަޝްހޫރު ވިޔަފާރިވެރިޔާ އަހްމަދު ސިޔާމް މުހައްމަދުގެ މޯލްޑިވްސް ޑިވެލޮޕްމަންޓް އެލަޔަންސް (އެމްޑީއޭ) އަށް ނިސްބަތްވާ މުނާ ފޮނުއްވި އިސްތިއުފާގެ ސިޓީގެ ކޮޕީއެއް "ނުކުތާ"އަށް ވަނީ ލިބިފައެވެ.
އެ ސިޓީގައި ވަނީ ރިޔާސީ އިންތިޚާބުގެ ދުވަސްވަރާއި އޭގެ ފަހުން ވެސް ރައީސް ޑރ. މުހައްމަދު މުއިއްޒަކީ ބަހާއި އަމަލާ ދިމާނުވާ، އަދި ކަންކަން ރައްޔިތުންނަށް އޮޅުވައިލެއްވުމުގެ އިތުރުން، އިންތިހާއަށް އިތުރުފުޅު ހައްދަވާ ބޭފުޅެއްކަން ސާބިތުވެފައިވާ ކަމަށެވެ.
އެމްޑީއޭގެ ރައީސް ސިޔާމާ މެދު މި ސަރުކާރުން އަމަލުކުރަނީ އިހާނެތިކޮށް ކަމަށް ވެސް އެ ސިޓީގައިވެއެވެ.
މީގެއިތުރުން ސަރުކާރުން ސިޔާމުގެ ވިޔަފާރިއަށް ދަތިކޮށް، މުދާތައް ފޭރި، އޭނާގެ އަގު ވައްޓާލުމަށް މަސައްކަތް ކުރަމުންދާ ކަމަށް އެ ސިޓީގައި ތުހުމަތުކޮށްފައިވެއެވެ.
.png&w=3840&q=75)
"އެހެން ކަމުން އަޅުގަނޑު ނިސްބަތްވާ ޕާޓީގެ ރައީސް އަދި އަޅުގަނޑު ތަމްސީލުކުރާ ރައްޔިތުންގެ މަޖިލީހުގެ މެންބަރަށް އަނިޔާވެރިވާ ސަރުކާރެއްގެ ސިޔާސީ މަގާމެއްގައި ދެމިހުރުމަކީ އަޅުގަނޑުގެ ޒަމީރު ގަބޫލުކުރާ ކަމެއް ނޫން ކަމުގައި ދަންނަވަމެވެ." މުނާގެ އިސްތިއުފާގެ ސިޓީގައިވެއެވެ.
އެންމެ ފަހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް މުއިއްޒު ވިދާޅުވީ އެމްޑީއޭ އަކީ މިހާރު ސަރުކާރު ކޯލިޝަންގައި ހިމެނޭ ޕާޓީއެއް ނޫން ކަމަށެވެ.