ގައުމީ ފެންވަރުގައި ކުޑަކުދިންގެ ދުވަސް ފާހަގަކުރަން މިނިސްޓްރީ އިން ނިންމައިފި

މަރްޔަމް މާޙީ

SHARE
މިއަހަރުގެ ކުޑަކުދިންގެ ދުވަސް ގައުމީ ފެންވަރުގައި ފާހަގަކުރަން އެޑިއުކޭޝަން މިނިސްޓްރީ އިން ނިންމައިފި އެވެ.

އެގޮތުން މާލޭގެ 5 ސަރަޙައްދެއްގައި ހާއްސަ ހަރަކާތްތަކެއް ކުރިއަށްގެންދިޔުމަށް ނިންމަވާފައިވާއިރު, ރާއްޖޭގެ ހުރިހާ ސްކޫލަކަށް ވެސް އެހީ ފޯރުކޮށްދީގެން މުޅި ރާއްޖޭގައި ވެސް ވަރަށް ކުލަގަދަކޮށް ކުޑަކުދިންގެ ދުވަސް ފާހަގަ ކުރަން ނިންމާފައިވާ ކަމަށް މިނިސްޓްރީ އިން ވަނީ ބުނެފައެވެ.
މީގެ ކުރީން ވެސް ސްކޫލްތަކުގައި ކުޑަކުދިންގެ ދުވަސް ކުލަގަދަކޮށް ސްކޫލް ފެންވަރުގައި ފާހަގަކޮށްފައިވާއިރު, މި އަހަރު ވެގެން ދާނީ ގައުމީ ފެންވަރުގައި ކުޑަކުދިންގެ ދުވަސް ފާހަގަކުރާ ފުރަތަމަ ފަހަރަށެވެ.
މިނިސްޓްރީން ބުނީ މިގޮތަށް މި ދުވަސް ފާހަގަ ކުރުމުގެ ބޭނުމަކީ ކުދީންނާއެކު އެކުދީންގެ އާއިލާތަކަށް ވެސް މި ދުވަހުގެ އުފަލުގައި ބައިވެރިވެވޭނެ ފުރުސަތު ފަހިކޮށްދިނުން ކަމަށެވެ.
އެގޮތުން މާލެ ސަރަހައްދުގެ ފަސް ހިސާބެއްގައި ކުޑަކުދިންގެ ދުވަހުގެ ހަރަކާތްތައް ކުރިއަށް ދާނެއެވެ. އެ ސަރަހައްދުތަކަކީ: - ހުޅުމާލެ ސެންޓްރަލް ޕާކް- މުހިޔިއްދީން ސްކޫލް- ރަސްފަންނު- ހެންވޭރު ދަނޑު- ޖުމްހޫރީ މައިދާން, އެވެ.
.png&w=3840&q=75)
ކުޑަކުދިންގެ ދުވަސް ފާހަގަ ކުރަން ހަމަޖެހިފައިވަނީ މި މަހުގެ 10ވަނަ ދުވަހުއެވެ.