logo

މިއަހަރުގެ އޯލެވެލް އިމްތިހާނުތައް ފަށައިފި

މަރްޔަމް މާޙީ

މަރްޔަމް މާޙީ

20 އޭޕްރީލު 2025 - 06:11
މިއަހަރުގެ އޯލެވެލް އިމްތިހާނުތައް ފަށައިފި

ފޮޓޯ: މިހާރު

SHARE

މިދިޔަ އަހަރު ގްރޭޑު ދިހައެއްގައި ކިޔަވަމުން ދިޔަ ދަރިވަރުންގެ އޯލެވެލް އިމްތިހާނުތައް މިއަދު ފަށައިފިއެވެ.

https://www.facebook.com/share/16DS9XEpfy/?mibextid=wwXIfr

އެޑިއުކޭޝަން މިނިސްޓްރީން ބުނިގޮތުގައި މި އަހަރުގެ އޯލެވެލް އިމްތިހާނުތަކުގައި 260 ސެންޓަރަކުން 8،364 ދަރިވަރުން ބައިވެރިވާނެއެވެ.

ދިރާސީ އަހަރަށް ގެނެވުނު ބަދަލުތަކާއެކު މިހާރު ގްރޭޑް ދިހައެއްގައި ކިޔަވަމުން އަންނަ ކުދިން އޯލެވެލްހަދާނީ އަންނަ އަހަރުގެ ފެބްރުއަރީ މާޗުގައެވެ. އަދި ނުވައެއްގައި ކިޔަވަމުން އަންނަ ދަރިވަރުން އޯލެވެލް ހަދާނީ އަންނަ އަހަރުގެ އޮކްޓޯބަރު ނޮވެންބަރުގައެވެ.

އެންމެ ފުރަތަމަ ކުރިއަށްދާނީ އިސްލާމް ދިވެހީގެ އިމްތިހާނުތަކެވެ. އަދި އެއަށްފަހު ކެންބްރިޖް އެގްޒާމްތައް ފަށާނެއެވެ. މިއަންނަ އަހަރުގެ ދިރާސީ އަހަރުން ފަށައިގެން އޯލެވެލް އިމްތިހާނުތައް ބާއްވަން ހަމަޖެހިފައިވަނީ އޮކްޓޫބަރު ނޮވެމްބަރުގައެވެ.

https://www.facebook.com/share/i6RNuxGJPMSa3aS3/?mibextid=LQQJ4d
https://www.facebook.com/share/1FDC3AzLV4/?mibextid=wwXIfr
ކޮމެންޓް
https://www.facebook.com/KOTHTHUHUTMALE?mibextid=LQQJ4d/