ފުލުހުންގެ ތަމްރީނު ހަދަމުންދިޔަ ޒުވާނެއްގެ ހާލު ސީރިއަސްވެ ފަރުވާދެނީ

ޢާލިމް އަބްދުއްލަތީފް

SHARE
ދ. ވާނީގައި ފުލުހުންގެ ތަމްރީނު ހަދަމުންދިޔަ ޒުވާނެއްގެ ހާލު ސީރިއަސްވެ ފަރުވާދޭން ފަށައިފިއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ ދ. ވާނީގައި ތަމްރީނު ހަދަމުންދިޔަ ރެކްރޫޓެއްގެ ހާލު ދެރަވެގެން ފަތިހު ކުޑަހުވަދޫ ހޮސްޕިޓަލަށް ގެންދިޔަ ކަމަށެވެ.
އޮފިޝަލް ވިދާޅުވީ އިތުރު ފަރުވާއަށް އޭނާ މިއަދު މެންދުރު ވައިގެމަގުން މާލެ ގެނެސް އައިޖީއެމްއެޗްގައި ފަރުވާދެމުން އަންނަ ކަމަށެވެ.
އޭނާއަށް ފަރުވާދެމުން ދަނީ ވެންޓިލޭޓަރުގެ އެހީގައެވެ.
އުމުރުން 34 އަހަރުގެ އެ ޒުވާނާ އަކީ ވާނީގައި ހުންނަ ޕޮލިސް ޓްރެއިނިން ސެންޓަރުގައި ކުރިއަށްދާ 40 ވަނަ ޕޮލިސް އިނީޝިއަލް ޓްރެއިނިން ކޯހުގެ ދަރިވަރެކެވެ.
.png&w=3840&q=75)
ފުލުހުން ބުނީ ފަތިހު 4:21 ހާއިރު، ކޯހުގެ ދަރިވަރުންނަށް ވޭކް-އަޕް ކޯލް ދިނުމަށް މުދައްރިބުން ދަރިވަރުންގެ ބެރެކްސްތަކަށް ވަދެ ދަރިވަރުން ހޭލައްވަމުން ދިޔައިރު، އެ ޒުވާނާ ޚަބަރެއް ނުވެ ހަރަކާތެއް ވެސް ނެތުމުން 4:27 ގައި މެޑިކަލް ރޫމަށް ގެންގޮސް އަވަސް ފަރުވާދޭން ފެށި ކަމަށެވެ.
ޑޮކްޓަރުގެ ލަފާގެ މަތިން، 04:48 ގައި އިތުރު ފަރުވާއަށް ދ. އަތޮޅު ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދީފައި ވެއެވެ. އަދި އެ ހޮސްޕިޓަލުން ފަރުވާ ދިނުމަށްފަހު، 13:22 ގައި އެއާ އެމްބިއުލާންސްގައި މާލެ ގެނެސް ފަރުވާދޭން ފެށި ކަމަށް ފުލުހުން ބުންޏެވެ.