މަސްތުގެ ހާލަތުގައި ހުރެ ލޯންޗު ދުއްވަނިކޮށް އެކްސިޑެންޓެއް ހިނގައިފި

މަރްޔަމް މާޙީ

SHARE
މަސްތުގެ ހާލަތުގައި ހުރެ ލޯންޗު ދުއްވި މީހަކު ފުލުހުން ހައްޔަރުކޮށްފިއެވެ.

ފުލުހުން ބުނީ ލޯންޗަކާއި ފެރީ ދޯންޏެއް ޖެހި އެކްސިޑެންޓުވި މައްސަލަ، މެއި 4 ވަނަ ދުވަހުގެ ރޭ 7:26 އެހައިކަންހާއިރު ފުލުހުންނަށް ރިޕޯޓުކޮށްފައިވާ ކަމަށެވެ. މި އެކްސިޑެންޓު ހިނގީ ކ. އަތޮޅު ވާދޫ ރިސޯޓާ ދިމާއިން ކަނޑުއޮޅީގެ ބޭރުން ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.
އަދި ފުލުހުން ބުނީ އެ ސަރަހައްދަށް އެވަގުތު ދިޔަ ފުލުހުން ބެލިބެލުމުން އެކްސިޑެންޓުވި ލޯންޗު ދުއްވަން އިން މީހާ އެ ވަގުތު ހުރީ މަސްތުގެ ހަލަތުގައިކަން އެނގިފައިވާ ކަމަށެވެ. އަދި މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެެއް ލިބިފައިނުވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.
މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ މ. ކޮޅުފުށި / ޒަހީރާމަންޒިލް، ނާޝާދު ވަލީދު މުޙައްމަދު (40އ) އެވެ.
މި މައްސަލަ ފުލުހުން އަންނަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.
.png&w=3840&q=75)