މިއަދާ ހަމައަށް ދޮޅު ލައްކަ ބިދޭސީންގެ ބަޔޯމެޓްރިކްސް ނަގައިފި: ރައީސް

މަރްޔަމް މާޙީ
SHARE
މިއަދާ ހަމައަށް ދޮޅު ލައްކަ ބިދޭސީންގެ ބަޔޯމެޓްރިކްސް ނަގައި ޑޭޓާ ބޭސް އަދާހަމަ ކުރެވިފައިވާކަމަށް ރައީސް ޑރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

މަސައްކަތްތެރިންގެ ދުވަހާ ގުޅިގެން މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ވިދާޅުވީ އޮޕަރޭޝަން ކުރަނގީގެ ދަށުން މިހާތަނަށް 150،000 ބިދޭސީންގެ މައުލޫމާތު އެއްކުރެވިފައިވާކަމަށެވެ. އަދި އެއީ ސަރުކާރުގެ ކާމިޔާބީއަށް އިތުރުވި އައު ބޮޅެއްކަން ރައީސް ވަނީ ފާހަގަ ކުރަައްވާފައެވެ.
މި މަސައްކަތް ފަށާފައިވަނީ މިދަޔަ އަހަރުގެ މެއި މަހުގެ ދެވަނަ ދުވަހުއެވެ.
މީގެ އިތުރުން ރައީސް ވިދާޅުވީ މިއަހަރުގެ މަސައްކަތްތެރިންގެ ދުވަސް މިއަދު ފާހަގަކުރަމުން ދާއިރު ރާއްޖޭގެ މަސައްކަތްތެރިންގެ އާބާދީގެ ބޮޑުބައެއް ހިއްސާކުރާ ބިދޭސީ މަސައްކަތްތެރިންގެ ހާލަތާމެދު ވިސްނާލަންޖެހޭ ކަމަށެވެ. އަދި ޤަވާއިދާ ހިލާފަށް އުޅެމުން މަސައްކަތްކުރުވުމުގެ ނަތީޖާއެއްގެގޮތުން އެމީހުންގެ އަސާސީ އިންސާނީ ހައްގުތައް ވެސް ވަނީ ނިގުޅައިގަނެވިފައިކަން ރައީސް ފާހަގަ ކުރެއްވިއެވެ.
"މި މައްސަލައަށް ދާއިމީ ހައްލެއް ގެނައުމަކީ މިސަރުކާރުގެ އަމާޒެއް. މިކަމަށްޓަކައި ކުރެވޭ އެއްމެ ފުރަތަމަ އަދި އެންމެ މުހިންމު މަސައްކަތަކީ ހުރިހާ ބިދޭސީ މަސައްކަތްތެރިންނަކީ ވެސް ކާކުކަން ބަޔޯމެޓްރިކަލީ ދެނެގަނެވޭނެ ނިޒާމެއް ޤާއިމުކުރުން," ރައީށްގެ ޕޯސްޓުގައި ވިދާޅުވިއެވެ.
.png&w=3840&q=75)