logo

ދުނިޔޭގެ އެންމެ ދިގު ޕްރެސްގެ ރެކޯޑާއެކު ރައީސްގެ ޕްރެސް ނިންމާލައިފި

ސައިފުﷲ އަލީ

3 މޭ 2025 - 20:04
ދުނިޔޭގެ އެންމެ ދިގު ޕްރެސްގެ ރެކޯޑާއެކު ރައީސްގެ ޕްރެސް ނިންމާލައިފި

ރައީސް ޑރ މުހައްމަދު މުއިއްޒު މިއަދު ނޫސްވެރިންނާ ބައްދަލު ކުރައްވާ ވާހަކަ ދައްކަވަނީ

SHARE

ރައީސް ޑރ މުހައްމަދު މުއިއްޒު އިއްޔެ ފެއްޓެވި ނޫސްވެރިންގެ ބައްދަލުވުން ދުނިޔޭގެ އެންމެ ދިގު ޕްރެސް ކޮންފަރެންސްގެ ރެކޯޑާއެކު، ދާދި ދެންމެއަކު ނިންމާލައިފި އެވެ. ދުނިޔޭގެ އެންމެ ދިގު ޕްރެސް ކޮންފަރެންސްގެ ރެކޯޑު މީގެ ކުރިން އޮތީ ޔޫކްރެއިންގެ ރައީސް ވްލަޑްމިއާ ޒެލެންސްކީގެ އަތުގައެވެ. އެމަނިކުފާނު މަގާމާ ހަވާލުވެ ވަޑައިގެން ބޭއްވެވި ފުރަތަމަ ނޫސްވެރިންގެ ބައްދަލުވުން 2019 އޮކްޓޫބަރު 10 ވަނަ ދުވަހުގެ ހެނދުނު 10:00ގައި ފެށި އެ ބައްދަލުވުން ނިންމާފައިވަނީ އެރޭ ދަންވަރު 00:00 ގައެވެ.

https://www.facebook.com/share/16DS9XEpfy/?mibextid=wwXIfr

ރައީސް މުއިއްޒުގެ ޕްރެސް ވެސް ފަށާފައިވަނީ އިއްޔެ ހެނދުނު 10:00ގައެވެ. މިރޭ ޕްރެސް ނިންމާލިއިރު ގަޑިން 00:53 ވަނީ ހިނގާފައެވެ. ޕްރެސްގައި ޖުމްލަ 14ގަޑިއިރާ 53 މިނެޓު ހޭދަ ވިއެވެ. ޕްރެސް މެދުކަނޑާލައިފައިވަނީ ނަމާދު ގަޑިތަކަށް އެކަންޏެވެ.

ނޫސްވެރިންނާ ބައްދަލު ނުކުރައްވާތާ 500 އަށް ވުރެ ގިނަ ދުވަސް ފަހުން ބޭއްވި މި ޕްރެސް ކޮންފަރެންސްގައި މިއަދު ރައީސް ހުށަހެޅުއްވި ސަރުކާރުގެ މަސައްކަތްތަކާ ގުޅޭ ޕްރެޒެންޓޭޝަނެކެވެ. އެކަމަށް ދެ ގަޑިއިރު ހޭދަވިއެވެ. އެއަށްފަހު ޕްރެސްގައި ވަނީ ނޫސްވެރިންގެ ސުވާލުތަކަށް ހުޅުވާލާފައެވެ

ޕްރެސްގައި ނޫސްވެރިންގެ ގިނަ ސުވާލުތަކެއް ރައީސަށް އަމާޒުކޮށް ފައިވެއެވެ. އެ ހުރިހާ ސުވާލަކަށް ޕްރެސްގައި ވަނީ ފުރުސަތު ދީފަ އެވެ. ސުވާލު ކުރުމުގައި ގިނަ ނޫސްވެރިން ފާހަގަކުރި ގޮތުގައި ސުވާލުތައް އެހާ ގިނަވީ ރައީސް ނޫސްވެރިންނާ ބައްދަލު ނުކުރައްވާތާ ގިނަ ދުވަސް ވުމުންނެވެ.

އިއްޔެގެ ބައްދަލުވުން ދުނިޔޭގެ އެންމެ ދިގު ނޫސްވެރިންގެ ބައްދަލުވުމަށް ވެފައިވާއިރު، އިއްޔެ އަކީ ދުނިޔޭގެ ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަހެވެ.

https://www.facebook.com/share/i6RNuxGJPMSa3aS3/?mibextid=LQQJ4d
https://www.facebook.com/share/1FDC3AzLV4/?mibextid=wwXIfr
ކޮމެންޓް
https://www.facebook.com/KOTHTHUHUTMALE?mibextid=LQQJ4d/