ޝަންގްރިއްލާ ރިސޯޓް ހުޅުވޭނެ ތާރީޚެއް ވަރަށް އަހަވަށް ދޭނެ: މިނިސްޓަރު
ސައިފުﷲ އަލީ

SHARE
އައްޑޫ ސިޓީ ޝަންގްރިއްލާ ރިސޯޓް ހުޅުވޭނެ ތާރީޚެއް ވަރަށް އަވަހަށް ސަރުކާރުން ދޭނެ ކަމަށް ޓޫރިޒަމް މިނިސްޓަރު ތޯރިގު އިބްރާހީމް ވިދާޅުވެއްޖެއެވެ.

ޝަންގްރިއްލާ ރިސޯޓް އަލުން އޮޕަރޭޝަނަށް ގެނައުމަށް އޮތް ބޮޑު ހުރަހަކަށް ވެފައި އޮތީ ސަރުކާރުގެ 30 ޕަސެންޓް ހިއްސާ އެ ރިސޯޓްގައި އޮތުމެވެ. ނިމިދިޔަ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރުން ވަނީ އެ ރިސޯޓްގައި އޮތް ސަރުކާރުގެ ހިއްސާ ދޫކޮށްލާފައެވެ.
ދުނިޔެއަށް ކުރިމަތިވި އާލަމީ ވަބާ ކަމަށްވާ ކޮވިޑާ ގުޅިގެން ޚިދުމަތް ހުއްޓުނުގޮތަށް އެ ރިސޯޓް އަދިވެސް އޮތީ ނުހުޅުވިއެވެ.
ޝަންގްރިއްލާގެ އިސް ބޭފުޅުންނާ ބައްދަލުކުރެއްވުމަށްފަހު މިނިސްޓަރު ތޯރިގު ވިދާޅުވީ އެ ރިސޯޓް އަލުން ހުޅުވުމަށް އޮތް ހުރަހަކީ ފަތުރުވެރިން އެ ރިސޯޓަށް ގެންދެވޭނެ ގޮތްތަކެއް ފަހިވެފައިނެތުން ކަމަށެވެ. އެގޮތުން އެކަން ހައްލުކުރުމަށްޓަކައި އެއާލައިންތަކާއެކު ވާހަކަދައްކަމުން އަންނަ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
"ކަނެކްޓިވިޓީގެ މައްސަލަ ހައްލުކުރަން ސަރުކާރާއި އެބޭފުޅުންނާ ގުޅިގެން މިދަނީ މަސައްކަތް ކުރަމުން. އޭގެ ތެރެއިން އެއް ކަމަކީ އެއާލައިންތަކާ ވާހަކަދެއްކުން. އެކަން ކުރިއަށް އެބަދޭ،" ތާރިގް ވިދާޅުވިއެވެ.
.png&w=3840&q=75)
އޭނާ ވިދާޅުވީ ދުބާއީގައި މި އަހަރު ކުރިއަށް ދިޔަ އަރަބިއަން ޓްރެވަލް މާކެޓް (އޭޓީއެމް)ގެ ހަވާސާގައި ދެކެވުނު ވާހަކަތަކުގައި ރިސޯޓް އަލުން ހުޅުވަން އިތުރަށް ކުރަންޖެހޭ މަސައްކަތްތައް ކުރުމަށް ޓައިމްލައިންތަކެއް ދޭނެ ކަމަށް ޝަންގްރިއްލާގެ މެނޭޖްމަންޓުން ބުނެފައިވާ ކަމަށެވެ.
ޝަންގްރިއްލާ ރިސޯޓް ހުއްޓުމަކަށް އައުމުން އައްޑޫ ސިޓީގެ ގިނަ ބައެއްގެ ވަޒީފާ ގެއްލުނެވެ.
އައްޑޫގައި މިހާރު ވެސް ހެތެރެ ރިސޯޓާއި އިކުއެޓާ ވިލެޖް ހިންގަމުން އަންނަނީ ހިންގަމުންނެވެ. އެ ސިޓީގައި ދެން އޮންނަ އިސްމެހެލަހެރެ ރިސޯޓް ވެސް ކޮވިޑާއެކު ބަންދުކުރި ގޮތަށް އަދިވެސް ނުހުޅުވެއެވެ.
މިނިސްޓަރު ތޯރިގު މީގެކުރިން ވިދާޅުވެފައި ވަނީ ބޭރުގެ އެއާލައިންތަކުން ގަން އިންޓަނޭޝަނަލް އެއާޕޯޓަށް ސީދާ ދަތުރުތަކެއް ދާއިމީކޮށް ކުރިއަށް ގެންދިމުގައި އޮތް އެންމެ ބޮޑު ގޮންޖެހުމަކީ އެނދުގެ އަދަދު މަދުވުން ކަމަށެވެ. ގަން އިންޓަނޭޝަނަލް އެއާޕޯޓަށް ޝެޑިއުލް ދަތުރުތަކެއް ކުރުމަށްޓަކައި 3،000 އެނދު އެ ސަރަހައްދަށް ބޭނުންވާ ކަމަށް ތޯރިގު މީގެކުރިން ވަނީ ވިދާޅުވެފައެވެ.

ސަރުކާރުން ވަނީ އައްޑޫގައި ތަރައްގީކުރާ ހަންކެނޑެ ފަތުރުވެރިކަމުގެ މަޝްރޫއު ވެސް އިފްތިތާހުކޮށްފައެވެ. ނަމަވެސް އެކަމުގެ އަމަލީ މަސައްކަތް އަދި ނުފެށެއެވެ.