ޒުވާނުންގެ މުޒާހަރާ ތަކުގައި ބައިވެރިވާން އެމްޑީޕީން ނިންމައިފި

މަރްޔަމް މާޙީ

SHARE
މާލޭގެ ގެއެއްގެ ފުރާޅެއްގެ މައްޗަށް ވެއްޓުނު ޒުވާނާއަށް އިންސާފު ހޯދައިދިނުމަށް ގޮވާލައި ޒުވާނުން ކުރަމުން އަންނަ މުޒާހަރާގައި ބައިވެރިވާން އެމްޑީޕީން ނިންމައިފިއެވެ.

ރޭ އެމްޑީޕީގެ ގައުމީ މަޖިލީހުގެ ކުއްލި ބައްދަލުވުމުގައި އެ ޕާޓީގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލް ވަނީ ޒުވާނުންގެ މުޒާހަރާގައި ފުލުހުން ބާރުގެ ބޭނުންކޮށްގެން ޒުވާނުންނަށް އަނިޔާކޮށް, ދެ ޒުވާނަކު ހައްޔަރުކުރުން ކުއްވެރިކޮށްފައެވެ.
ފައްޔާޒު ވިދާޅުވީ ޒުވާނުންގެ މުޒާހަރާގެ ފަރާތުން އެހީތެރިކަމަށް އެމްޑީޕީން އެދިފައިވާ ކަމަށެވެ. އެހެންކަމުން ހައްގުތައް ހޯދުމަށް ޓަކައި އެމްޑީޕީގެ އެއްބާރުލުން ލިބޭނެ ކަމަށް ފައްޔާޒު ވިދާޅުވިއެވެ.
އެގޮތުން މި މަހުގެ އެއް ވަނަ ދުވަހުގެ ރޭ މުޒާހަރާ ހުއްޓުވީ ސާޖަންޓް އަދަމް ހަލީމް ކްރިމިނަލް އިންވެސްޓިގޭޝަން ބިލްޑިން ކުރިމަތީ މަޖީދީ މަގު ބަންދުކޮށްގެން ޓޭބަލް ޓެނިސް އާއި ކެރަމް ކުޅެން ފެށުމުންނެވެ.
ފުލުހުން ވަނީ މުޒާހަރާގެ ތެރެއަށްވަދެ ޕެޕާސްޕްރޭ ޖެހުމަށްފަހު މުޒާހަރާ ލީޑްކުރުމުގައި އުޅުނު ދެ ޒުވާނަކު ހައްޔަރުކޮށްފައެވެ. މުޒާހަރާގެ ބައިވެރިން އަޑުގަދަކުރަން ގެންގުޅުނު މެގަ ފޯނު ވެސް ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ.
.png&w=3840&q=75)
މިކަމާ ގުޅިގެން ހޯމްލޭންޑް މިނިސްޓްރީން ވަނީ ހުއްދައަކާ ނުލައި އިތުރު ތިން ތަނެއްގައި އެއްވެ އުޅެވޭނެ ކަން އިއުލާނުކޮށްފައެވެ. އެއާއެކު ހުއްދަ ނުހޯދާ މާލޭގެ ހަތަރު ސަރަހައްދެއްގައި އެއްވެ އުޅެވޭނެއެވެ. އެގޮތުން ހެންވޭރު ކާނިވާ, ރަސްފަންނު, އިންޑަސްޓްރިއަލް ޒޯން, އަދި އުސްފަސްގަނޑު ގައި ހުއްދަ އަކާ ނުލައި އެއްވެ އުޅެވޭނެ އެވެ.
އަދި މި ނޫން ސަރަހައްދެއްގައި މުޒާހަރާ ކުރާނަމަ މުޒާހަރާ ރޫޅާލާނެ ކަމުގެ އިންޒާރު ފުލުހުން ވަނީ ދީފައެވެ.
