އެމްޑީޕީގެ ޗެއާޕާސަން ކަމުން ފައްޔާޒް އިސްތިއުފާ ދެއްވައިފި
މިރާޝް މޫސާ

SHARE
ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ޗެއާޕާސަންގެ މަގާމުން ފައްޔާޒް އިސްމާއީލް މިރޭ އިސްތިއުފާ ދެއްވައިފިއެވެ.

އެމްޑީޕީގެ އެންމެ ފަހުގެ ސަރުކާރުގެ އިކޮނމިކް މިނިސްޓަރު މި ނިންމެވުން ނިންމެވީ، ޕާޓީގެ އެޑްވައިޒަރާއި ރައީސަށް ފުރިހަމަ އިހުތިރާމާއި ބާރާ އެކު ކަންކަން ނިންމައި، ކުރިއަށް ގެންދިއުމަށް ޗެއާޕާސަން އަކީ ހުރަހެއް ކަމަށް ދެކޭ ދެކުން ނިމުމަކަށް ގެނައުމަށް ކަމަށް އޭނާ ވިދާޅުވެފައިވެއެވެ.
އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެންބަރުންނަށް އެޑްރެސްކޮށް ފައްޔާޒް މިރޭ ފޮނުއްވި ސިޓީއެއްގައި ވިދާޅުވެފައި ވަނީ، އޭނާ އެ މަގާމުން އިސްތިއުފާ ދެއްވީ ޕާޓީގެ ކަންކަން ކުރިއަށް ގެންދިއުމުގައި އޭނާއަކީ ހުރަހަކަށް ވިޔަ ނުދިނުމަށް ޓަކައި ކަމަށެވެ.
ފައްޔާޒުގެ ސިޓީގައި އެމްޑީޕީގެ އެންމެ މަގުބޫލު ލީޑަރުންގެ ގޮތުގައި ތިއްބެވި ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުއާއި، ކުރީގެ ރައީސް މުހައްމަދު ނަޝީދާ ދެމެދުގައި ހުރި މައްސަލަތައް ހައްލުކުރެއްވުމަށް ކުރެއްވި މަސައްކަތްތަކަށް އޭނާ ވަނީ އަލިއަޅުއްވާލައްވާފައެވެ.
އޭނާ ވިދާޅުވީ، ރައީސް މުހައްމަދު ނަޝީދުގެ އެދިވަޑައިގަތުމުގެ މަތީން ފަސް ފަހަރެއްގެ މަތީން ނަޝީދުގެ ޓީމާ އެކު މަޝްވަރާ ކުރެއްވި ކަމަށެވެ. އެ ބައްދަލުވުންތަކުގައި ނަޝީދު ޕްރައިމަރީގައި ވާދަ ނުކުރެއްވުމަށާއި، ރިޔާސީ އިންތިހާބުގެ ކުރިއަށް ނިޒާމީ ވޯޓެއް ނެގުމަށާއި، އެ ވޯޓުގައި އެމްޑީޕީން ބަރުލަމާނީ ނިޒާމަށް ތާއީދު ކުރުމަށް ވާހަކަ ދެކެވުނު ކަމަށް ފައްޔާޒު ވިދާޅުވިއެވެ.
.png&w=3840&q=75)
ފައްޔާޒުު އިސްތިއުފާދެއްވާފައި މިވަނީ އެންމެ ބޮޑު އިދިކޮޅު ޕާޓީ، އެމްޑީޕީގެ ލީޑާޝިޕްގެ މެދުގައި ބޮޑެތި ބައިބައިވުންތަކެއް އުފެދިފައިވާކަމަށް އަޑުފެތުރިފައިވާ ދަނޑިވަޅެއްގައެވެ.
ކޮފީ ސަޕޯޓް
ތިޔަ ބޭފުޅުންގެ އަޑު އިއްވައިދިނުމަށް އެހީތެރިކަން ބޭނުންވޭތޯ؟ ކޮފީ ކޯވަރެއް ބޯލުމަށްފަހު އަޅުގަނޑުމެންނާ ކޮންމެ ވަގުތަކު ވެސް ކޮންޓެކްޓް ކޮށްލައްވާ!

.jpg&w=3840&q=75)


