
SHARE
ކުރީގެ ޔޫތު މިނިސްޓަރު އަހްމަދު މަހްލޫފް މޯލްޑިވްސް ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) އިން ވަކިވެ ވަޑައިގެންފިއެވެ.

މިކަމާ ގުޅިގެންް މަހުލޫފް ވިދާޅުވީ އެމްޑީޕީން ވަކިވި ސަބަބު އެކަން އެގެންޖެހޭ މީހުންނަށް އެނގޭނެ ކަމަށެވެ. މަހުލޫފް މިހެން ވިދާޅުވީ އެމްޑީޕީން ވަކިވުމާ ގުޅިގެން ގިނަ އަދަދެއްގެ އާންމުންނާއި, އެމްޑީޕީ މެންބަރުންގެ ފާޑުކިޔުން އޭނާ އަށް އަމާޒުވެފައިވަނިކޮށެވެ.
"ސިޔާސީ ޕޯޑިއަމް އަކަށް، ޓީވީއަކަށް އަރާ އަދި ސިޔާސީ މަސައްކަތެއްގައި އަމަލީގޮތުން ނޫޅޭތާ 2 އަހަރު ވީއެވެ. މިއަދުގެ ނިންމުމާއެކު މަރުޙަބާ ވިދާޅުވި އެންމެހާ ބޭފުޅުންނަށް ޝުކުރު ދަންނަވަމެވެ. ނިންމުން ބަލައިނުގަނެވުނު ފަރާތްތަކުގެ އަރިހުން މާޢާފަށް އެދެމެވެ. އެކަމަކު ގިނައިން ފާޑުކިޔާފަހުރިތަން ފެންނަނީ އެމްޑީޕީގެ ސަރުކާރު ބަދަލުކުރަން އެންމެ މަސައްކަތްކުރި މީހުންނެވެ," މަހްލޫފު ކުރެއްވި ޕޯސްޓުގައި ވިދާޅުވިއެވެ.
މީގެ އިތުރުން މަހްލޫފް ވިދާޅުވީ އިއްޔެ ރަނގަޅުވި މީހުންނަށް މިއަދު، ގޯސްވެއްޖެ ކަމަށާއި, ވަކި ސިޔާސަތުތަކެއް ހިފައިގެން އެއްގޮތެއްގައި ދެމިއޮތް އެންމެ ޕާޓީއެއްވެސް ނެތް ކަމަށެވެ. އަދި ދެގޮތެއްނުވެ އެއްވިސްނުމެއްގައި ހުރި ލީޑަރެއް ވެސް ނެތް ކަމަށް މަހްލޫފް ވިދާޅުވިއެވެ.
މަހްލޫފް ވަނީ 2015ވަނަ އަހަރުން ފަށައިގެން އޭނާ އަށް އެ ޕާޓީއަށް ހިދުމަތް ކުރަން ލިބުނު ފުރުސަތަށް ޝުކުރުވެރިވާކަމަށް ބުނެފައެވެ. އަދި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސާލިހްގެ ދައުރުގައި މިނިސްޓަރެއްގެ މަގާމުގައި ގައުމަށް ހިދުމަތް ކުރަން ލިބުނު ފުރުސަތާމެދު އުފާ ކުރައްވާ ކަމަށް ވެސް ވިދާޅުވިއެވެ.
.png&w=3840&q=75)
ކޮފީ ސަޕޯޓް
ތިޔަ ބޭފުޅުންގެ އަޑު އިއްވައިދިނުމަށް އެހީތެރިކަން ބޭނުންވޭތޯ؟ ކޮފީ ކޯވަރެއް ބޯލުމަށްފަހު އަޅުގަނޑުމެންނާ ކޮންމެ ވަގުތަކު ވެސް ކޮންޓެކްޓް ކޮށްލައްވާ!


.jpg&w=3840&q=75)


