logo

ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ވަކިކުރި މައްސަލައިގެ މައުލޫމާތު އީޔޫއާ ހިއްސާކޮށްފި

މިރާޝް މޫސާ

14 މޭ 2025 - 15:44
ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ވަކިކުރި މައްސަލައިގެ މައުލޫމާތު އީޔޫއާ ހިއްސާކޮށްފި

SHARE

ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ވަކިކުރުމާ ގުޅޭ މައުލޫމާތު އެމްޑީޕީއިން ޔޫރަޕިއަން ޕާލަމަންޓާ ހިއްސާކޮށްފިއެވެ.

https://www.facebook.com/share/16DS9XEpfy/?mibextid=wwXIfr

އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު ވަނީ މިއަދު އީޔޫ ޕާލަމަންޓުގެ ދެކުނު އޭޝިއާގެ ގުޅުންތަކާ ބެހޭ ޑެލިގޭޝަންގެ އިސްވެރިޔާ ސާބަން ޑިމިޓްރީ ސްޓުރްޒްޑާ އާ ބައްދަލުކުރައްވައި، ރާއްޖޭގެ ޝަރުއީ ނިޒާމަށް ދިމާވަމުންދާ ގޮންޖެހުންތަކާ ބެހޭ މައުލޫމާތު ހިއްސާކުރައްވާފައެވެ. ޝާހިދުގެ އަރިހުގައި މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއިލް ނަސީމް ބައިވެރިވެވަޑައިގަތެވެ.

ބެލްޖިއަމްގެ ބްރަސަލްސްގައި އޮތް މި ބައްދަލުވުމުގައި ޝަރުއީ ދާއިރާގެ ކަންބޮޑުވުންތަކުގެ އިތުރުން ރާއްޖޭގެ މަސްރަހުގައި ހުރި އެހެނިހެން ކަންކަމާ ބެހޭ މައުލޫމާތުވެސް އީޔޫ ޕާލަމަންޓުގެ ދެކުނު އޭޝިއާ ޑެލިގޭޝަނާ ހިއްސާކުރެއްވިއެވެ. ޝާހިދު ބްރަސަލްސްއަށް ކުރައްވަމުން ގެންދަވާ ޒިޔާރަތުގައި އީޔޫގެ އެހެން އިސްވެރިންނާވެސް ބައްދަލުކުރައްވާނެއެވެ. ބްރަސަލްސްއަށް ވަޑައިގަތުމުގެ ކުރިން ޝާހިދު ވަނީ ލަންޑަނުގައި އިނގިރޭސި ޕާލަމަންޓުގެ ބައެއް ބޭފުޅުންނާއި އަދި ކޮމަންވެލްތުގެ ސެކްރެޓަރީ ޖެނެރަލާވެސް ބައްދަލުކުރައްވާފައެވެ.

https://www.facebook.com/share/1FDC3AzLV4/?mibextid=wwXIfr
ކޮމެންޓް
https://www.facebook.com/KOTHTHUHUTMALE?mibextid=LQQJ4d/