logo

ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ކުރިމަތިލާން ހުޅުވާލައިފި

ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ކުރިމަތިލާން ހުޅުވާލައިފި

ފޮޓޯ: އަވަސް

SHARE

ހުސްވެފައިވާ ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

https://www.facebook.com/share/16DS9XEpfy/?mibextid=wwXIfr

ޖޭއެސްސީން ކުރި އިއުލާނެއްގައި ވަނީ ފަނޑިޔާރުކަމަށް ކުރިމަތިލާން އެދޭ މީހުންނަށް މި މަހުގެ 22 ވަނަ ދުވަހުގެ މެންދުރު 12:00 އާ ހަމައަށް އެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ.

އެ އިއުލާނުގައިވާގޮތުން ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް ކުރިމަތިލާ ބޭފުޅުންގެ ޝަރުތަކީ އުމުރުން 30 އަހަރުވެފައި ވުމާއި ގާނޫނީ ނުވަތަ އިސްލާމީ ޝަރީއާގެ ރޮގުން ފުރަތަމަ ޑިގްރީ ހާސިލްކޮށްފައިވުމާއި ދާއިރާގައި ހަތް އަހަރު ދުވަހުގެ ތަޖުރިބާ ހުރުމެވެ. އަދި އިތުރު އެހެން ޝަރުތުތައް ވެސް އެ އިއުލާނުގައިވެއެވެ.

ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރާއި މަހާޒު އަލީ ޒާހިރު ފަނޑިޔާރުކަމުން ވަކިކުރަން ސުޕްރީމް ކޯޓުން ފާސްކުރީ މިދިޔަ ބުރާސްފަތި ދުވަހުއެވެ.

ޖޭއެސްސީން ފޮނުވި ރިޕޯޓް ދިރާސާ ކުރުމަށްފަހު, ދެ ފަނޑިޔާރުން ވަކިކުރުމަށް މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީން ނިންމީ މި މަހުގެ 11 ވަނަ ދުވަހުއެވެ. އެ ކޮމިޓީ އިން ބޭއްވި ސިއްރު ބައްދަލުވުމުގައި ފަނޑިޔާރުން ވަކިކުރަން ނިންމައިފައިވާއިރު, ސުލޫކީ މައްސަލައެއް ބަލާފައިވަނީ އިޖުރާއަތު ފުރިހަމަ ނުކޮށް، ގާނޫނާ ހިލާފަށް ކަމަށް މަޖިލީހުގެ ކައުންސެލް ޖެނެރަލް ފާތިމަތު ފިލްޒާ ވަނީ އެ ކޮމިޓީއަށް ލަފާ ދެއްވާފައެވެ.

https://www.facebook.com/share/i6RNuxGJPMSa3aS3/?mibextid=LQQJ4d

ނަމަވެސް ޖޭއެސްސީގެ ރައީސް އަދި މާފުށީ ދާއިރާގެ މެންބަރު ހުސައިން ރިޒާ އާދަމް ވަނީ ފިލްޒާގެ ލަފާ ބަލައި ނުގަންނަވާނެކަން ހާމަކުރައްވާފައެވެ.

އަޒްމިރަލްދާ އާއި މަހާޒު ވެސް ވަނީ ޖުޑިޝަރީ ކޮމިޓީއަށް ހާޒިރުވެ ޖަވާބުދާރީވާން ފުރުސަތަކަށް އެދިވަޑައިގެންފައެވެ. ނަމަވެސް އެ ފުރުސަތު ނުދޭން އެ ކޮމިޓީން ވަނީ ނިންމާފައެވެ.

https://www.facebook.com/share/1FDC3AzLV4/?mibextid=wwXIfr
ކޮމެންޓް
https://www.facebook.com/KOTHTHUHUTMALE?mibextid=LQQJ4d/