ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ހަމީދާއި ސަލީމް އައްޔަންކުރަން ލަފާދެނީ

ޢާލިމް އަބްދުއްލަތީފް

SHARE
ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ހައިކޯޓުގެ ކުރީގެ ފަނޑިޔާރު އަބްދުﷲ ހަމީދާއި އެ ކޯޓުގެ މިހާރުގެ ފަނޑިޔާރު މުހައްމަދު ސަލީމް އައްޔަން ކުރަން ރައީސުލްޖުމްހޫރިއްޔާއަށް ލަފާދޭން ޖޭއެސްސީން ނިންމައިފިއެވެ.

ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ތެރެއިން ޑރ. އަޒްމިރަލްދާ ޒާހިރާއި މަހާޒު އަލީ ޒާހިރު މަގާމުން ވަކިކުރަން ދާދިފަހުން ރައްޔިތުންގެ މަޖިލީހުން ވަނީ ފާސްކޮށްފައެވެ.
އެ ދެ މަގާމަށް 12 ބޭފުޅަކު ކުރިމަތިލެއްވިއެވެ. އޭގެތެރެއިން އެންމެ މަތިން މާކްސް ލިބުނީ ހަމީދާއި ސަލީމަށެވެ.
ހައިކޯޓުގެ ފަނޑިޔާރު ކަމަށް ވަޑައިގަތުމުގެ ކުރިން ސަލީމް ހުންނެވީ ހައިކޯޓުގެ ލީގަލް އޮފިސަރު ކަމުގެ މަގާމުގައެވެ. ހަމީދު ހައިކޯޓުގެ ފަނޑިޔާރަކަށް ހުންނެވި ދުވަސްވަރު އޭނާގެ ލީގަލް އޮފިސަރަކީ ސަލީމެވެ.
ހަމީދު ހައިކޯޓުގެ ފަނޑިޔާރު ކަމުން މިދިޔަ ވެރިކަމުގައި ވަކިކޮށްފައި ވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ވެރިކަމުގައި ފަނޑިޔާރުންނަށް ދިން ފްލެޓް އޭނާއަށް ވެސް ލިބިވަޑައިގެންފައިވާތީއެވެ. އޭނާގެ އިތުރުން އެކަމާ ގުޅިގެން އިތުރު ފަނޑިޔާރުންތަކެއް ވެސް މަގާމުން ވަކިކުރިއެވެ. ގިނަ ބަޔަކު ވަނީ އެ ނިންމުމަށް ފާޑުކިޔާފައެވެ.
.png&w=3840&q=75)